09 ޑިސެމްބަރ 2025 - 21:13

ކަރެކްޝަނަލް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
ކަރެކްޝަންސްއިން ބުނީ އެ އިދާރާގެ ޑެޕިއުޓީ ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަހުމަދު ސޮބާހު ޑެޕިއުޓީ ކޮމިޝަނަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ސޮބާހު ވަނީ ކަރެކްޝަނަލް ސާވިސް އަށް 21 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފަ އެވެ.
ޖަލުތައް ބަލަހައްޓާ އެ އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އެންމެ ފަހުން ހުންނެވީ އިބްރާހިމް މުހައްމަދު ދީދީ އެވެ. ނަމަވެސް ކަރެކްޝަންސް އަށް ވިއްސަކަށް އަހަރު ހިދުމަތް ކުރެއްވުމަށްފަހު، މިދިޔަ މަހުގެ 26 ގައި އޭނާ ވަނީ އެ މަގާމުން ރިޓަޔާ ކުރައްވައިފަ އެވެ.