09 ޑިސެމްބަރ 2025 - 15:15

ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުގައި ގޯއްޗާއި ފްލެޓާއި ރޯހައުސްތަކަށް ދެ ޓަނަށްވުރެ ބޮޑެތި ލޮރީ ފަދަ ވެހިކަލް ރަޖިސްޓްރީ ނުކުރެވޭ ގޮތަށް އޮތް އޮތުން އުވާލައިފި އެވެ.
އެޗްޑީސީން ކުރި އިއުލާނުގައި ބުނީ ދެ ޓަނަށް ވުރެ ބޮޑެތި ލޮރީ އާއި ޓްރަކް ފަދަ ވެހިކަލް ރަޖިސްޓްރީކުރުމަށް ހުށަހަޅާ ގޯތި، ފްލެޓް ނުވަތަ ރޯހައުސްގައި އެ ވެހިކަލެއް ބާއްވާނެ ޖާގަ އޮތް ގަރާޖެއް އޮންނަ ނަމަ އެ ވެހިކަލެއް ރަޖިސްޓްރީކޮށްދޭ ގޮތަށް "ހުޅުމާލެ/ތިލަފުށި/ގުޅިފަޅަށް އުޅަނދުފަހަރު ގެނެސް ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލު" މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.
މިގޮތަށް ވެހިކަލް ރަޖިސްޓްރީކޮށްދިން ނަމަވެސް އެޗްޑީސީގެ އުސޫލު އޮންނަ ގޮތުން ބަލާ އެހެން ކަންތައްތައް ވެސް ހުރެ އެވެ. އޭގެ ތެރޭގައި އެ ކުންފުންޏަށް ފައިސާއެއް ދައްކަންޖެހި ނުދައްކާ އޮންނަ ފަރާތްތަކަށް ރަޖިސްޓްރީކޮށްނުދިނުން ހިމެނެ އެވެ.