ކެޕްޓަން ސާލިޔާގެ ހެޓްރިކުން އޮޑި އަށް ބޮޑު މޮޅެއް
ކެޕްޓަން ސާލިޔާގެ ހެޓްރިކުން އޮޑި އަށް ބޮޑު މޮޅެއް

ކެޕްޓަން ފާތިމަތު ސާލިޔާގެ ހެޓްރިކާ އެކު އޮޑި ސްޕޯޓްސްއިން 7-0 ން ޓީސީ ބަލިކޮށްފި އެވެ.

ކެޕްޓަން ސާލިޔާގެ ހެޓްރިކުން އޮޑި އަށް ބޮޑު މޮޅެއް
ކެޕްޓަން ސާލިޔާގެ ހެޓްރިކުން އޮޑި އަށް ބޮޑު މޮޅެއް

އެފްއޭއެމް އަންހެން ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ސާލިޔާ ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ ކޮންމެ ހާފެއްގައި ދެ ލަނޑު ޖަހައިފަ އެވެ.

މެޗު ފެށިގެން ފަސްވަނަ މިނެޓްގައި އޮޑި އަށް ލީޑް ނަގައި ދިނީ ވެސް އޭނާ އެވެ. އޮޑީގެ އަނެއް ތިން ލަނޑު ޖެހީ ފަރާހް އަހްމަދާއި އާއިޝަތު އަލްތާފް މުހައްމަދުގެ އިތުރުން ފާތިމަތު އިނާޝާ އާދަމެވެ.

މޮޅާ އެކު ހަތަރު ޕޮއިންޓް ހޯދައި އެއް މެޗު އިތުރަށް ކުޅެ އޮޑި ވަނީ އެއްވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓާ އެއްވަރުކޮށް ޕޮއިންޓެއް ހޯދި އެވެ.

ކުޅުނު ދެ މެޗުން ޓީސީ ކޮޅަށް ވަނީ 13 ލަނޑު ވަދެފަ އެވެ. ލީގުގެ ފުރަތަމަ މެޗުގައި ވިކްޓަރީން، ޓީސީ ކޮޅަށް ހަ ލަނޑު ޖެހި އެވެ.

ދެވަނައިގައި އޮތީ ވިކްޓަރީ އެވެ. މާޒިޔާ އޮތީ ތިންވަނައިގަ އެވެ. މިއަދު ވާދަކުރާނީ އެ ދެ ޓީމެވެ. މިއަދުގެ މެޗުން މޮޅުވާ ޓީމަކަށް ތާވާލުގެ އެއްވަނަ އަށް ދެވޭނެ އެވެ.