ބޭރުމަގުގެ ފުރަތަމަ ބައި ނިންމައި ހަފްތާއެއް ތެރޭ ހުޅުވަނީ
ބޭރުމަގުގެ ފުރަތަމަ ބައި ނިންމައި ހަފްތާއެއް ތެރޭ ހުޅުވަނީ

މާރުކޭޓު ސަރަހައްދުން ބޭރު މަގުގެ ފުރަތަމަ ސެގްމެންޓުގައި މިއަދު ތާރުއަޅައި ނިމޭނެ ކަމަށާއި މި ހިނގާ ހަފްތާ ތެރޭ ދެން ހުރި މަސައްކަތްތައް ވެސް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ބޭރުމަގުގެ ފުރަތަމަ ބައި ނިންމައި ހަފްތާއެއް ތެރޭ ހުޅުވަނީ
ބޭރުމަގުގެ ފުރަތަމަ ބައި ނިންމައި ހަފްތާއެއް ތެރޭ ހުޅުވަނީ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ހެދުމަށް މިދިޔަ އޮގަސްޓް މަހު ވަނީ ޖުމްހޫރީ މައިދާނުން ފެށިގެން މާރުކޭޓާ ހަމައަށް ބަންދުކޮށްފަ އެވެ.

އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ ސެގްމެންޓު 1 ގެ 97 ޕަސެންޓް ނިމިފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަ ތާރު އެޅުމުގެ މަސައްކަތް ވެސް މިއަދު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

މަގުމަތީގެ ނިޝާންތަކާއި ބޯޑުތައް ހަފްތާއެއްގެ ތެރޭ ނިންމާލެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ހިނގާބިނގާވެ އުޅޭ މީހުންނަށް ފަހި މަގުތަކެއް މި އިންގިލާބީ މަޝްރޫއުގެ ސަބަބުން ލިބޭނެ. ފުޅާ މަގާ އެކު، ޓްރެފިކް ތޮއްޖެހުމަށް ލުޔެއް ލިބި، ބޯކޮށް ވާރޭ ވެހުނަސް ފެން ބޮޑުވުމުގެ މައްސަލަ ކުޑަވެ އެންމެންނަށް ރައްކާތެރި ތަނަކަށް ވާނެ،"

ބޭރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީކުރަނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދުގަ އެވެ. އެތަނުގެ މަގު ފުޅާކޮށް، އެ މަގުގައި ތާރު އަޅާނެ އެވެ.