ދެ ލައްކަ ރުފިޔާއާ ހަމަޔަށް ތަކެތި ގަނެވޭ ޕްރޮމޯޝަނެއް އެމްއައިބީން ފަށައިފި
ދެ ލައްކަ ރުފިޔާއާ ހަމަޔަށް ތަކެތި ގަނެވޭ ޕްރޮމޯޝަނެއް އެމްއައިބީން ފަށައިފި

ދެ ލައްކަ ރުފިޔާއާ ހަމަޔަށް ތަކެތި ގަނެވޭ ހާއްސަ ރޯދަ ޕްރޮމޯޝަނެއް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން މިއަދު ފަށައިފި އެވެ.

ދެ ލައްކަ ރުފިޔާއާ ހަމަޔަށް ތަކެތި ގަނެވޭ ޕްރޮމޯޝަނެއް އެމްއައިބީން ފަށައިފި
ދެ ލައްކަ ރުފިޔާއާ ހަމަޔަށް ތަކެތި ގަނެވޭ ޕްރޮމޯޝަނެއް އެމްއައިބީން ފަށައިފި

އެމްއައިބީގެ އޮފިޝަލަކު ވިދާޅުވީ އަންނަ މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ ދަށުން އެ ބޭންކުގެ ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ކުންފުނިތަކުގެ މުވައްޒަފުންނަށް ކުރިޔަށް ވުރެ ފަސޭހަކޮށް ފަރުނީޗަރާއި ގޭތެރެއަށް ބޭނުންވާ އެކި އެކި ސާމާނާއި އިލެކްޓްރޯނިކް ތަކެއްޗާއި ކޮމްޕިއުޓަރު އަދި ކޮންސްޓްރަކްޝަން މެޓީރިއަލްސް ވެސް ގަތުމަށް ފައިނޭންސްކޮށްދޭނެ ކަމަށެވެ.

"މި ޕްރޮމޯޝަން މެދުވެރިކޮށް ތަކެތި ގަތުމަށް ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މިވަނީ ފުރުސަތު ހުޅުވާލެވިފައި. މިއީ އަޅުގަނޑުމެންގެ ޕާޓްނަރުންގެ މުވައްޒަފުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތަކަށްވާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމުގެ ގޮތުން ކުރިން ހަމަޖައްސާފައިވާ 100،000ރ.ގެ ލިމިޓް މިހާރު 200،000ރ.އަށް ބޮޑުކޮށްފައިވާ ކަމަށެވެ. އަދި ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު 18 މަހުން ފެށިގެން 36 މަހަށް އިތުރުކޮށްދީފައިވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.