16 ޖޫން 2016 - 08:01

ކިމް، ކްލޮއީ، ކައިލީ ނުވަތަ ކާޑޭޝިއަން އާއިލާގެ މެމްބަރުންނަށް ފާޑު ކިޔާ މީހުން ކިތަންމެ ގިނަޔަސް އެ މީހުން ނެރޭ އެކި އުފެެއްދުންތަކާ ވަރަށް ގިނަ ބަޔަކު ގަޔާވެ އެވެ. ކައިލީގެ ލިޕް ކިޓް ލޯންޗު ކުރިތާ އެއްގަޑިއިރު ތެރޭ މުޅި ބާޒާރުން ވިކި ހުސްވުމަކީ މީގެ ހެއްކެކެވެ.
އެންމެ 18 އަހަރުގެ ކައިލީ ޖެނާ ފުރަތަމަ ފަހަރަށް ތައާރަފު ކުރި ލިޕް ކިޓް ތަކުގެ ކާމިއާބީއަށް ފަހު އަނެއްކާވެސް އާ ކުލައެއްގެ ލިޕް ކިޓެއް ނެރެން އުޅޭކަން މިދިއަ މަހު އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހާމަކުރި އެވެ. ކައިލީ ބުނިގޮތުގައި އޭނާ އެންމެ ގަބޫލުވާ ލިޕްސްޓިކް ކުލަ އަކީ ކަޅެވެ. މިއަދު ލޯންޗުކުރާ އާ ލިޕްސްޓިކް ކުލައަކީ ކަޅާއި ނޫ އެއްކޮށްގެން ތައްޔާރުކޮށްފައިވާ މެޓް ލިޕްސްޓިކެކެވެ.
މި ފޮޓޯއަށް ވެސް އެއް މިލިއަން ލައިކް ލިބިފައިވެ އެވެ. މެޖެސްޓީ އަކީ އަދި މިހާތަނަށް ކައިލީ ނެރެފައިވާ ލިޕްސްޓިކް ތަކުގެ ތެރެއިން އެންމެ ތަފާތު ކުލަކަމަށް ގިނަ ބައަކު ބުނެ އެވެ.