އުރީދޫ ކަސްޓަމަރުންނަށް 24 ގަޑިއިރަށް ސްރީލަންކާއަށް ހިލޭ ގުޅޭނެ
އުރީދޫ ކަސްޓަމަރުންނަށް 24 ގަޑިއިރަށް ސްރީލަންކާއަށް ހިލޭ ގުޅޭނެ

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރާއާ ގުޅިގެން އެ ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ހާލު ބެލުމަށް އުރީދޫ ކަސްޓަމަރުންނަށް ހިލޭ ގުޅޭނެ ފުރުސަތު ހަމަޖައްސައިދީފި އެވެ.

އުރީދޫން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު، ލަންކާ ނަމްބަރުތަކަށް ކުރާ ކޯލްތަކުގެ ފުރަތަމަ ފަސް މިނަޓަށް އެއްވެސް ޗާޖެއް ނުކުރާނެ ކަމަށެވެ. މިއީ މި ދަނޑިވަޅުގައި އާއިލާ އާއި ރަހުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ދޭ ފުރުސަތެއް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ ލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ތަނަކަށް ވާއިރު، އެ ތަނުގައި ތިބި ފަރާތްތަކަށް ފަސޭހައިން ގުޅޭނެ ގޮތް ހަމަޖައްސައިދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސްގެ އަމާޒަކީ މިފަދަ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބުންޏެވެ.