ދިރާގުން ދޭ ދެ ލޯންޗު ހޯދުމުގެ ފުރުސަތު ދެ ގުނަކޮށްދޭ އޮފާގެ މުއްދަތު ހަމަވަނީ
ދިރާގުން ދޭ ދެ ލޯންޗު ހޯދުމުގެ ފުރުސަތު ދެ ގުނަކޮށްދޭ އޮފާގެ މުއްދަތު ހަމަވަނީ

ދިރާގު 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދޭ 2 ސްޕީޑް ބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކޮށްދޭ އޮފާގެ މުއްދަތު އަންނަ އާދިއްތަ ދުވަހު ހަމަވާނެ އެވެ.

ދިރާގުން ދޭ ދެ ލޯންޗު ހޯދުމުގެ ފުރުސަތު ދެ ގުނަ ކޮށްދޭ އޮފާ އަކީ ނޮވެމްބަރު މަހުގެ ނިޔަލަށް އެންރޯލްކުރާ ކަސްޓަމަރުންގެ ފޯނު ނަމްބަރު ހަތަރު ފަހަރު އެންރޯލްކޮށްދީ، ލޯންޗު ލިބުމުގެ ފުރުސަތު ހަތަރު ގުނަކޮށް ދޭ އޮފާއެކެވެ.

މި އޮފާގެ އިތުރުން ދިރާގުޕޭއަށް ރަޖިސްޓްރީކޮށްގެން މި ޕްރޮމޯޝަންގެ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު އިތުރު ކުރެވޭނެ އެވެ. އަދި މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ދިރާގުޕޭއަށް ރަޖިސްޓްރީކުރާ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ލިބި، މި އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑާއި ޕޯސްޓްޕެއިޑާ ލިމިޓެއް ނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން މުޅިން އައު ސްޕޯޓްސް ސްޕީޑްބޯޓެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މޮބައިލް ޕޯސްޕެއިޑްގެ 450 އިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނާއި ފިކްސްޑް ބްރޯޑްބޭންޑް 40 އެމް އިން މަތީގެ ޕެކޭޖުތަކުގެ ކަސްޓަމަރުންނާއި މޮބައިލް ބްރޯޑްބޭންޑް އަދި 5ޖީ ޓާބޯގެ 540 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށެވެ. އަދި އެ ޕްރޮމޯޝަނުގައި ދިރާގާ އަލަށް ގުޅި އެ ޕެކޭޖުތައް ހިޔާރުކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެވެ. މި ބޯޓުތަކަކީ ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ ބޯޓުތަކެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވާން ދިރާގުގެ "ވިން އަ ސްޕީޑްބޯޓު" ޕޯޓަލް އިން އެންރޯލް ކުރެވޭނެ އެވެ.