ބައްޔަކަށް ފަހު ބައްޔެއް، ލިވަޕޫލަށް ވެގެން އުޅޭގޮތާ މެދު ސްލޮޓް ވެސް "އޮޅުންބޮޅުމެއްގައި"
ބައްޔަކަށް ފަހު ބައްޔެއް، ލިވަޕޫލަށް ވެގެން އުޅޭގޮތާ މެދު ސްލޮޓް ވެސް "އޮޅުންބޮޅުމެއްގައި"

ލިވަޕޫލަށް ކުރިމަތިވެގެން އުޅޭ ގޮތާމެދު އޭނާ ވެސް ހުރީ އޮޅުން އަރައިފައި ކަމަށް ކޯޗު އާނެ ސްލޮޓް ބުނެފި އެވެ.

ބައްޔަކަށް ފަހު ބައްޔެއް، ލިވަޕޫލަށް ވެގެން އުޅޭގޮތާ މެދު ސްލޮޓް ވެސް "އޮޅުންބޮޅުމެއްގައި"
ބައްޔަކަށް ފަހު ބައްޔެއް، ލިވަޕޫލަށް ވެގެން އުޅޭގޮތާ މެދު ސްލޮޓް ވެސް "އޮޅުންބޮޅުމެއްގައި"

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްވީ އެންދޯވަން އަތުން ލިވަޕޫލް އަމިއްލަ ދަނޑުގައި ބަލިވީ 4-1 ންނެވެ. އެ ބައްޔަކީ އެ ކްލަބުން އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ކުރިމަވި ނުވަ ވަނަ ބައްޔެވެ.

ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، މި ސީޒަނަށް ނުކުތީ ޓްރާންސްފާ މާކެޓްގައި ރަނގަޅު ހޭދަތަކެއްކޮށް މޮޅު ކުޅުންތެރިންތަކެއް ހޯދައިގެންނެވެ.

ޕްރިމިއާ ލީގުގެ ތަށި ވެސް ދިފާއު ކުރެވޭނެ ފެންވަރެއް އެ ޓީމަކަށް ނުދެއްކެ އެވެ. އެ ޓީމުގެ ނަތީޖާތައް މިހާ ގޯސްވެދާނެކަމަށް އެއްވެސް ބަޔަކު ހީއެއް ނުކުރެ އެވެ.

ސްލޮޓް ވެސް ބުނީ އެހެން މީހުން ފަދައިން އޭނާ ވެސް ހުރީ ސުވާލުމާކެއްގައި ކަމަށެވެ.

"އަހަރެން ވެސް މިހުރީ ވަރަށް ގިނަ އެހެން މީހުންނެކޭ އެއްފަދައިން (ލިވަޕޫލްގެ ހަލާތާ މެދު) އޮޅުންބޮޅުމެއްގައި. މިހާރު ފެންވަރު ރަނގަޅު ކުޅުންތެރިންތަކަކާ އެކު މިއީ ކިހިނެއްވެގެން ވާންވީ ކަމެއް. މޮޅުވުގެ ރޭހަށް އަހަންނަނަށް އަހަރެންގެ ޓީމު ނުގެންދެވިގެން މިއުޅެނީ ކީއްވެ؟،" ސުވާލު އުފައްދައި ސްލޮޓް ވާހަކަ ދެއްކި އެވެ.

މިހާރު ވެސް އަޑިގަނޑެއްގައި އޮތް ޓީމަށް ރޭ އަނެއްކާ ވެސް ވަނީ އިތުރު އަނދަވަޅަކަށް ވެއްޓިފަ އެވެ.

މިފަހަރު ޓްރާންސްފާގައި އެ ޓީމަށް ސޮއި ކުރި ހޫގޯ އެކިޓޭކޭ އަށް ރޭގެ މެޗުގައި ވަނީ އަނިޔާވެފަ އެވެ. އެއީ ސްލޮޓަށް ކުރިމަތިވާނެ އިތުރު ބޮލުގެ ރިހުމެކެވެ. ސީޒަން ފެށިފަހުން ޓްރާންސްފާ ޕީރިއަޑް ނިމުމުގެ ކުރިން އެ ޓީމަށް ސޮއި ކުރުވި އެލެގެޒެންޑާ އިސާކް ހުރީ ފޯމު ކަޓައިފަ އެވެ، ނިއުކާސަލްގައި ދެއްކުނު ކުޅުމެއް ސްވިޑެންގެ ފޯވާޑަށް ލިވަލޫލްގައި ނުދެއްކެ އެވެ.