26 ނޮވެމްބަރ 2025 - 18:24

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި މެގަޗިޕް ގުޅިގެން ގޭމިން ބަންޑްލްއެއް ދޭން އިއުލާންކޮށްފި އެވެ.
ގޭމަރުންނަށް ހާއްސަ އަގުހުރި އޭލިއަންވެއާ ގޭމިން ބަންޑްލްގެ ތެރޭގައި އޭލިއަންވެއާ 34 އިންޗީގެ ގޭމިން މޮނީޓަރަކާއި އޭޑަބްލިއު ވަޔާޑް ގޭމިން ހެޑްސެޓަކާއި އޭޑަބްލިއު 420ކޭ ޓެންކީލެސް ގޭމިން ކީބޯޑެއްގެ އިތުރުން އޭޑަބްލިއު ވަޔާލެސް ގޭމިން މައުސްއެއް ވެސް ހިމެނޭނެ އެވެ.
އެ ގިވްއަވޭގައި ބައިވެރިވުމަށް ޑީޖީޖީގެ ވެބްސައިޓް މެދުވެރިކޮށް އެ ފްލެޓްފޯމަށް ސައިންއަޕް ކުރަން ޖެހޭނެ އެވެ. އަދި އެއަށްފަހު ޑީޖީޖީގެ އިންސްޓަަގްރާމް ޕޭޖާއި މެގަޗިޕްގެ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކުރުމަށްފަހު ގިވްއަވޭގެ ސޯޝަލް މީޑިއާ ޕޯސްޓް ޝެއާ ކުރަން ޖެހޭނެ އެވެ.
އެ ގިވްއަވޭގައި އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވެވޭނެ އެވެ.
ޑީޖީޖީއިން ދަނީ ރާއްޖޭގެ ގޭމިންް ކޮމިއުނިޓީއަށް ހާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އެއީ ވެސް ގޭމަރުން ކުރިއަރުވައި، ރާއްޖޭގައި ގޭމިން ދާއިރާ ކުރިއެރުވުމަށް ދިރާގުން ތައާރަފްކުރި ޕްލެޓްފޯމެކެވެ.