ގާޑިއޯލާ ދުވަހަކު ނުކުރާކަމެއް ކުރަން އުޅެގެން ސިޓީއަށް ބޮނޑިލިބިއްޖެ!
ގާޑިއޯލާ ދުވަހަކު ނުކުރާކަމެއް ކުރަން އުޅެގެން ސިޓީއަށް ބޮނޑިލިބިއްޖެ!

ފުރަތަމަ 11 އަށް ޕެޕް ގާޑިއޯލާގެ ކެރިއަރުގައި ގެނައި އެންމެ ބޮޑު ބަދަލާ އެކު ބަޔާ ލެވަކޫސަން އަތުން މެންޗެސްޓާ ސިޓީ ބަލިވެއްޖެ އެވެ.

ގާޑިއޯލާ ދުވަހަކު ނުކުރާކަމެއް ކުރަން އުޅެގެން ސިޓީއަށް ބޮނޑިލިބިއްޖެ!
ގާޑިއޯލާ ދުވަހަކު ނުކުރާކަމެއް ކުރަން އުޅެގެން ސިޓީއަށް ބޮނޑިލިބިއްޖެ!

ރޭ ސިޓީ އަށް 2-0 ލެވަކޫސަން އަތުން ކުރިމަތިވި ބައްޔަކީ ހަތް އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖް ނުވަތަ ފުރަތަމަ މަރުހަލާގައި އެ ޓީމަށް އަމިއްލަ ދަނޑުގައި ކުރިމަތިވި ފުރަތަމަ ބައްޔެވެ. މެޗުގައި ލެވަކޫސަންގެ ލަނޑުތައް ޖެހީ އަލްހެންޑްރޯ ގްރިމާލްޑޯ އާއި ޕެޓްރިކް ޝިކް އެވެ.

ގާޑިއޯލާ ދުވަހަކު ނުކުރާކަމެއް ކުރަން އުޅެގެން ސިޓީއަށް ބޮނޑިލިބިއްޖެ!
ގާޑިއޯލާ ދުވަހަކު ނުކުރާކަމެއް ކުރަން އުޅެގެން ސިޓީއަށް ބޮނޑިލިބިއްޖެ!

މެންޗެސްޓާ ސިޓީއާ ދެކޮޅަށް އިއްތިހާދު ސްޓޭޑިއަމްގައި ނެރުނު ނަތީޖާއިން ކުރެވޭނީ ގަބޫލުކުރަން ދަތި އިހްސާސެއްކަމަށް ބަޔާ ލެވަކޫސަންގެ ކޯޗު ކެސްޕާ ހިޔުލްމަންޑް ބުނެފި އެވެ.

ެރިކް ޓެން ހާގް މަގާމުން ވަކިކުރުމަށް ފަހު ލެވަކޫސަނުން ކޯޗުކަން ހަވާލު ކުރި ހިއިލްމަންޑް ބުނީ ރެއަކީ ލެވަކޫސަނުން ހަންދާންކުރަން ޖެހޭ ރެއެއް ކަމަށެވެ.

"ތެދަށް ބުނަންޏާ [އިއްތިހާދުގައި މޮޅުވުމުން] ކުރެވެނީ ގަބޫލުވެސް ނުކުރެވޭ ފަދަ އިހްސާސެއް،" ހިއިލްމަންޑް ބުންޏެވެ.

"... އަހަރެމެންނަށް އެނގޭ އެ [ސިޓީގެ] ކުޅުންތެރިންނަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންކަން، އަދި މިރޭ [ރޭގެ މެޗުގައި] ފެށި ކުޅުންތެރިންނަކީ ވެސް އެ (ކުޅުންތެރިން ނިސްބަތްވާ) ގައުމުތައް ތަމްސީލުކުރާ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން."

މެޗުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އާންމުކޮށް ނެރޭ ފުރަތަމަ 11 އަށް 10 ބަދަލު ގެނެސްފަ އެވެ.

ގާޑިއޯލާ ބުނީ މެޗެއްގެ ފުރަތަމަ 11 އަށް އެހާ ގިނަ ބަދަލެއް މީގެކުރިން ގެނެސްފައި ނުވާނެ ކަމަށެވެ. އެ ބަދަލުތައް ގެނައީ އެންމެންނާ މެދު ވެސް ރަނގަޅަށް ކަންކަން ކުރުމުގެ މަގްސަދުގައި ކަމަށް އޭނާ ބުންޏެވެ.

"މާ ގިނަ ބަދަލުތައް. ވެދާނެ މާގިނަ ބަދަލުތަކެއް އެއްފަހަރާ ގެނައީމަކަމަށް. އެކަމަކު މި ނަތީޖާ ހުރިހާ ޒިންމާއެއް ނަގާނީ އަހަރެން. އަހަންނަށް އެ ކުޅުންތެރިން ފެނުނީމަ. އަހަރެން ބޭނުންވީ އެ ކުޅުންތެރިން ބައިވެރިކުރަން. ފުޓްބޯޅަ ކުޅުންތެރިޔެއް ވެއްޖެއްޔާ ފަސް މެޗު، ހަ މެޗު، ހަތް މެޗު ނުކުޅެ ހުންނަންވީމަ އުނދަގޫވާނެ. އެކަމަކު އަހަންނަށް ހީވަނީ މާ ގިނައިންހެން އަހަންނަށް ބަދަލުތައް ގެނެވުނީ،" ގާޑިއޯލާ ބުންޏެވެ.

"އަބަދުވެސް އަހަރެން ބަލަން އެންމެންނާ މެދު ވެސް ރަނގަޅަށް ކަންތައްތައް ކުރަން. އަދި ހުރިހާ އެންމެންވެސް ބައިވެރިކޮށްގެން ކުރިއަށްދާން. (އެކަމަކު) އެގޮތަކަށް މަސައްކަތެއް ނުކުރި. އަހަރެމެން ޖެހޭނެ އެކަން ގަބޫލުކުރަން. މިއީ އަހަރެން މުޅިން އަލަށް ކުރިކަމެއް. އަދި މިއީ މާ ގިނައިން ބަދަލު ގެނެވުނީ."