ވިލިމާލޭގެ ނިކަގަސްތައް ކަނޑަން ރައީސްގެ ބައްދަލުވުމުގައި ވޯޓުން ނިންމައިފި
ވިލިމާލޭގެ ނިކަގަސްތައް ކަނޑަން ރައީސްގެ ބައްދަލުވުމުގައި ވޯޓުން ނިންމައިފި

ވިލިމާލޭގައި ހުރި ދުވަސްވީ ދެ ނިކަގަސް ކަނޑަން، އެ ރަށުގެ ރައްޔިތުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ބޭއްވެވި ބައްދަލުވުމުގައި ނެގި ވޯޓުން ނިންމައިފި އެވެ.

ވިލިމާލޭގެ ނިކަގަސްތައް ކަނޑަން ރައީސްގެ ބައްދަލުވުމުގައި ވޯޓުން ނިންމައިފި
ވިލިމާލޭގެ ނިކަގަސްތައް ކަނޑަން ރައީސްގެ ބައްދަލުވުމުގައި ވޯޓުން ނިންމައިފި

ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްލުކުުރެއްވުމަށް ރޭ މުހިއްޔުއްދީން ސްކޫލް ހޯލުގައި ބޭއްވި ޖަލްސާގައި އެ އަވަށުގައި ދިރިއުޅޭ ބައެެއް ރައްޔިތުން ވަނީ އެ މީހުންގެ ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފަ އެވެ.

ވިލިމާލޭގެ ނިކަގަސްތައް ކަނޑަން ރައީސްގެ ބައްދަލުވުމުގައި ވޯޓުން ނިންމައިފި
ވިލިމާލޭގެ ނިކަގަސްތައް ކަނޑަން ރައީސްގެ ބައްދަލުވުމުގައި ވޯޓުން ނިންމައިފި

ރައްޔިތުންގެ އެއް ކަންބޮޑުވުމަކީ ވިލިމާލެ ޕޮލިސް ސްޓޭޝަނާ ޖެހިގެން އޮންނަ ހުސްބިމުގައި ހުންނަ ދެ ނިކަގަހުގެ މުލުގެ އުނދަގޫ އެ ހިސާބުގައި ދިރިއުޅޭ މީހުންގެ ގޭގެ އަށް ކުރުމުވެ.

ރޭގެ ޖަލްސާގައި ވާހަކަ ދެއްކި އާންމުންގެ މީހަކު ބުނީ އެ ނިކަގަސްތަކުގެ ސަބަބުން އެ ހިސާބުގައި ދިރިއުޅޭ މީހުންގެ ގެދޮރު ހަލާކުވެ، ގޭގެ ފާރުތައް ފުނޑުފުނޑުވަމުންދާ ކަމަށާއި އެ ގަސްތަކުން ފައިބާ އެއްޗެހިން ގޭގޭގެ ފުރާޅު ވެސް ހަޑިވެ، ހަލާކުވަމުންދާ ކަމަށެވެ.

"މި ހުރިހާ ކަމެއް ވަމުން އެބަދޭ. އެންވަޔަރަމެންޓަށްޓާކާ ވެސް އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭނީ އިންސާނުންނަށް ވެސް އޭގެން ފައިދާކުރާނެ ގޮތަށް. ނުކުރާ ގޮތަކަށް އޮވެގެން ނުވާނެ ކަންނޭނގެ،" އެ މީހާ ބުންޏެވެ.

"އެހެންވީމަ، އަޅުގަނޑު ވަރަށް ބޮޑަށް އާދޭހާ އެކު ދަންނަވަން އެ ގަހުގެ ކަންތައް ކޮންމެވެސް ގޮތަކަށް ހަމަޖައްސައިދޭން."

އެހެން މީހަކު ބުނީ އެ ނިކަގަސްތައް ކައިރީގައި ހުރި ގެތަކުގައި މީހުން ދިރިއުޅެނީ ވަރަށް ހާލުގައި ކަމަށެވެ. އެ ހިސާބު ގޭގޭގެ ފާހާނާތައް ހުރީ ނިކަގަހުގެ މުލުން ފުރިފައި ކަމަށް އޭނާ ބުންޏެވެ.

"އިންސާނުންނަށް ވުރެ މުހިންމު އެހެން އެއްވެސް އެއްޗެއް ނޯންނާނެ. އެހެންވީމަ، ގަސް ވެސް ހިމާޔަތް ކުރަންވީ، އެ ގަސް އެހެެން ތަނަކަށް ގެންގޮސްގެން ވިޔަސް. އެ ގަސް މަރެއް ނުވާނެ. އަޅުގަނޑުމެން މި ތިބީ ފެންކުރާ ހިފައިގެން ގޮސް ފެން އަޅައިދޭން ވެސް ތައްޔާރަށް އެ ގަސް ރޯކުރަން. އެމީހުންގެ [އެ ސަރަހައްދުގައި އުޅޭ މީހުންގެ] ހައްގުގައި،" އޭނާ ބުންޏެވެ.

އާންމުންގެ އެ ކަންބޮޑުވުމާ ގުޅިގެން ރައީސް މުއިއްޒު ރޭގެ ޖަލްސާ ނިންމަވާލައްވަމުން ވިދާޅުވީ އެ މަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ވެސް އެ ޝަކުވާ ލިބި، އެ ހިސާބުގައި ހުރި ގޭގެ ބައްލަވަން ވަޑައިގެންނެވި ކަމަށެވެ. ރައްޔިތުން ބޭނުންވާ ނަމަ އެ ގަސްތައް އެތަނުން ނަގާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ގާނޫނީ އިޝޫއެއް ނެތްކަން އޭޖީ ވިދާޅުވެއްޖެ، އެންވަޔަރަމެންޓަލީ އެ އޮންނަ އުސޫލުތަކުގެ ތެރެއިން ހައްލެއް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ. ރައްޔިތުން ބޭނުންވާ ގޮތް އަންގާލަދެއްވަން ވީނުންތޯ؟،" ރޭގެ ބައްދަލުވުމަށް ހާޒިރުވި މީހުންނަށް ރައީސް ދެންނެވި އެވެ.

އެއަށް ފަހު، އެ ޖަލްސާގައި ރައީސް ވަނީ ވޯޓަކަށް އައްސަވައި، އެ ގަސްތައް އެ ތަނުން ނަގަން ރައްޔިތުންނަށް ފެންނަ ނަމަ އެކަން އަންގައިދިނުމަށް އަތްމައްޗަށް ނެގުމަށް އެދިވަޑައިގެންފަ އެވެ.

"އެ ގަސް އެތަނުން ނަގަން ބޭނުންވާ ބޭފުޅުން އަތްޕުޅު ހިއްލަވާލައްވާ ދެއްވާ،" ރައީސް ވިދާޅުވި އެވެ.

އެއާ އެކު، އެ ޖަލްސާގައި ތިބި ގިނަ ބަޔަކު ވަނީ އެ ތަނުން އެ ގަސް ނަގަން ފެންނަކަން އަންގައިދިނުމުގެ ގޮތުގައި އަތްމައްޗަށް ނަގައިފަ އެވެ.

"އެހެންވީމަ، އިއްތިފާގުން ގާތްގަނޑަކަށް ފާސް މި ވީ. އެހެންވީމަ އިރާދަކުރެއްވިއްޔާ އެކަން ކުރިއަށް ދާނެ،" ރައީސް ވިދާޅުވި އެވެ.

އެ ނިކަގަސްތައް ކަނޑަން ނިންމުމާ އެކު، ތިމާވެށީގެ ހިމަޔާތުގައި އަޑުއުފުލާ ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ތަރައްގީގެ ނަމުގައި ވިލިމާލޭގެ ފެހިކަން ގެއްލޭ ގޮތަށް އެ އަވަށުގެ ގަސްތައް ކަނޑާއި މަގުތަކުގައި ތާރު އަޅަން އުޅޭތީ ވެސް ކުރިން ފާޑުކިޔެވެ.