ސްކޮލް ވޯލްޑް ފޯރަމްގައި ނަޝީދު ތަގުރީރު ކުރައްވަނީ
ސްކޮލް ވޯލްޑް ފޯރަމްގައި ނަޝީދު ތަގުރީރު ކުރައްވަނީ

އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އިންތިޒާމްކޮށްގެން ބާއްވާ ސްކޮލް ވާލްޑް ފޯރަމްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަން ނިންމަވައިފި އެވެ.

ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ 4-7 އަށް ޔުނިވާސިޓީގައި ބާއްވާ ފޯރަމްގައި، ގައުމުތަކުން ތެލަށް ބަރޯސާވެފައިވާ މިންވަރާއި ތަރައްގީ ވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ މެދުގައި ތެޔޮ ބޭނުންކުރުމުގެ ފަރަގާ ބެހޭ ގޮތުން ނަޝީދު ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

ނަޝީދުގެ ވާހަކަފުޅުގައި ދުނިޔޭގެ ތިމާވެއްޓަށް ގެއްލުން ލިބޭނެ ފަދަ ވަސީލަތްތައް ބޭނުންކުރުމުން ގައުމުތައް ތަރައްގީވުމަށް ހުރަސް އެޅޭނެ ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާނެ އެވެ.

ސްކޮލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ފަހު ނަޝީދު އަނބުރާ ސްރީ ލަންކާ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވަނީ ވެސް ހިމާޔަތް ހޯއްދަވައިގެން އިނގިރޭސި ވިލާތުގަ އެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، ޝަރީއަތް ފެށިއިރު، އެމަނިކުފާނު މިހާރު ވެސް ހުންނެވީ ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެއީ ޖެނުއަރީ، 2012 ގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް، ގިރިފުށީގައި ބެހެއްޓި މައްސަލާގަ އެވެ.