މާލީ ޒޯނު ތަރައްގީ ކުރުމަށް ރާއްޖެއިން އެހީތެރިވާ އިދާރާގެ އިސްވެރިއަކަށް މެލޭޝިއާގެ ތަޖުރިބާކާރެއް
މާލީ ޒޯނު ތަރައްގީ ކުރުމަށް ރާއްޖެއިން އެހީތެރިވާ އިދާރާގެ އިސްވެރިއަކަށް މެލޭޝިއާގެ ތަޖުރިބާކާރެއް

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (މިފްސާ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މެލޭޝިއާގެ ތަޖުރިބާކާރެއް ކަމަށްވާ ދާތޯ އިސްކަންދަރު މުހައްމަދު ނޫލީ އައްޔަން ކޮށްފި އެވެ.

މާލީ ޒޯނު ތަރައްގީ ކުރުމަށް ރާއްޖެއިން އެހީތެރިވާ އިދާރާގެ އިސްވެރިއަކަށް މެލޭޝިއާގެ ތަޖުރިބާކާރެއް
މާލީ ޒޯނު ތަރައްގީ ކުރުމަށް ރާއްޖެއިން އެހީތެރިވާ އިދާރާގެ އިސްވެރިއަކަށް މެލޭޝިއާގެ ތަޖުރިބާކާރެއް

ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ތަރައްގީކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ދިވެހި ސަރުކާރުގެ އިދާރާ، މިފްސާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އައްޔަންކުރި ދާތޯ އިސްކަންދަރު ވަނީ މާލީ ހިދުމަތްތައް ބަލަހައްޓާ އިދާރާތަކުގައި، އޮފްޝޯ މާލީ ދާއިރާ އިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވައިފަ އެވެ.

މާލީ ޒޯނު ތަރައްގީ ކުރުމަށް ރާއްޖެއިން އެހީތެރިވާ އިދާރާގެ އިސްވެރިއަކަށް މެލޭޝިއާގެ ތަޖުރިބާކާރެއް
މާލީ ޒޯނު ތަރައްގީ ކުރުމަށް ރާއްޖެއިން އެހީތެރިވާ އިދާރާގެ އިސްވެރިއަކަށް މެލޭޝިއާގެ ތަޖުރިބާކާރެއް

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ އެކު ސޮއިކުރީ މި އަހަރުގެ މޭ މަހުގެ ފަސްވަނަ ދުވަހު އެވެ.

މާލީ ޒޯނު ތަރައްގީ ކުރުމަށް ރާއްޖެއިން އެހީތެރިވާ އިދާރާގެ އިސްވެރިއަކަށް މެލޭޝިއާގެ ތަޖުރިބާކާރެއް
މާލީ ޒޯނު ތަރައްގީ ކުރުމަށް ރާއްޖެއިން އެހީތެރިވާ އިދާރާގެ އިސްވެރިއަކަށް މެލޭޝިއާގެ ތަޖުރިބާކާރެއް

އެ ކަމަށް ދިވެހި ސަރުކާރުގެ ފަރާތުން އެހީތެރިވާ އިދާރާ، މިފްސާގެ ޒިންމާއަކީ އެމްއައިއެފްސީ ތަރައްގީކޮށް، ކުރިއަރުވައި، އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިފްސާގެ ޒިންމާތަކުގެ ތެރޭގައި، ހަރުދަނާ ގަވާއިދުތަކާއި އޮނިގަނޑެއް ގާއިމުކުރުމާއި ބައިނަލްއަގްވާމީ މިންގަނޑުތަކަށް އަމަލުކުރޭތޯ ކަށަވަރު ކުރުމާއި އެމްއައިއެފްސީއަކީ ބައިނަލްއަގްވާމީ މާލީ ދާއިރާގައި އިތުބާރު ހުރި، ވާދަވެރި މަންޒިލެއްގެ ގޮތުގައި ކުރިއަރައިގެން ދިޔުމަށް މަގުފަހިކޮށްދިނުން ހިމެނޭ ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.

ރާއްޖޭގައި މާލީ ފްރީ ޒޯނު ތަރައްގީ ކުރުމުގައި އެމްއައިއެފްސީއާ އެކު ދިވެހި ސަރުކާރުގެ ފަރާތުން މަސައްކަތްކުރާ އިދާރާ، މިފްޒާގެ އެންމެ އިސްވެރިއަކަށް ހަމަޖެއްސި މެލޭޝިއާގެ ދާތޯ އިސްކަންދަރު އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވީ ބޭންކް ނެގާރާ މެލޭޝިއާގަ އެވެ. އެއީ 1990 ވަނަ އަހަރު އެވެ.

އޭގެ ފަހުން، 1996 ވަނަ އަހަރު ލަބުއާން ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (ލަބުއާން އެފްއެސްއޭ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އިސް މުވައްޒަފުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގެންނެވި އެވެ. ދާތޯ އިސްކަންދަރު ވަނީ ލަބުއާން އެފްއެސްއޭގެ ޑިރެކްޓަރު ކަމާއި ސީނިއާ ޑިރެކްޓަރު ކަމާއި އަދި އެންމެ ފަހުން ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ފަދަ އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ.

ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން، ލަބުއާން އެފްއެސްއޭގައި ދުވަހުން ދުވަހުގެ އިދާރީ ކަންކަން ބެލެހެއްޓެވުމުގެ އިތުރުން، އެ އޮތޯރިޓީގެ މައި ޑިޕާޓްމަންޓްތައް ކަމަށްވާ ގާނޫނީ، ސުޕަވިޝަން، ޕޮލިސީ އަދި ހިއުމަން ރިސޯސަސް ފަދަ ދާއިރާތައް ބެލެހެއްޓެވި އެވެ.

ޖެނުއަރީ 2020 އިން ފެށިގެން ޖެނުއަރީ 2025 ގެ ނިޔަލަށް، ލަބުއާން އައިބީއެފްސީ ބަހާދްގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމު ވެސް ދާތޯ އިސްކަންދަރު ފުރުއްވި އެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗެލާ އޮފް ލޯސް (އޮނާސް) ދާތޯ އިސްކަންދަރު ހާސިލް ކުރެއްވި އެވެ. މީގެ އިތުރުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓްގެ ދާއިރާއިން ޑޮކްޓަރޭޓް ވެސް ހޯއްދެވި އެވެ. އޭނާއަކީ ސަޓިފައިޑް ފައިނޭންޝަލް އިންވެސްޓިގޭޓަރެއްގެ އިތުރުން، މެލޭޝިއާގެ ސަރަވާކްގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ.

މިފްސާ ބޯޑުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ބިނާކުރުމުގެ ގާބިލްކަމާއި މާލީ ހިދުމަތްތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކުގެ ދާއިރާއިން ދާތޯ އިސްކަންދަރަށް ލިބިވަޑައިގެންފައިވާ ތަޖުރިބާއަކީ ދިވެހި ސަރުކާރުގެ ވިސްނުން ހަގީގަތަކަށް ހެދުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ.

ދާތޯ އިސްކަންދަރު ވިދާޅުވީ، މިފްޒާގެ އެންމެ އިސްވެރިޔާގެ މަގާމަށް އައްޔަން ކުރެއްވުމަކީ އޭނާ އަށް ލިބިވަޑައިގެންނެވި ބޮޑު ޝަރަފެއް ކަމަށެވެ.

"ޒަމާނީ، ދެމެހެއްޓެނިވި މާލީ މަރުކަޒެއް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހަންމިއްޔަތަކީ، ދުނިޔޭގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެސް، ބައިނަލްއަގްވާމީ މާލީ ދާއިރާގައި ވާދަވެރި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ގާއިމުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް،" ދާތޯ އިސްކަންދަރު ވިދާޅުވި އެވެ.

އެމްއައިއެފްސީގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމް ކުރުމުގެ އެއްބަސްވުމާ އެކު ރާއްޖެ އަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.

"މުޅިން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ފަރުމާކޮށްފައިވާ ފައިނޭންޝަލް ފްރީޒޯނެއްގެ ގޮތުގައި ފަރުމާކުރެވޭ އެމްއައިއެފްސީގެ މަގްސަދަކީ ދުނިޔޭގެ މާލީ އިދާރާތަކާއި ފިންޓެކްގެ ދާއިރާއިން އީޖާދީ މަސައްކަތްކުރާ ފަރާތްތަކާއި ވިޔަފާރިވެރިންނާއި އަދި ޑިޖިޓަލް ދާއިރާގެ ހުނަރުވެރިން ރާއްޖެ އަށް ގެނައުމެވެ،" ފިނޭންސް މިނިސްޓްރީން ބުނޏެވެ.

"މުސްތަގްބަލަށް އަމާޒު ކޮށްފައިވާ ގަވާއިދުތަކާއި އިއާދަކުރުވަނިވި ހަކަތަ އާއި ދިރިއުޅުމަށާއި މަސައްކަތް ކުރުމަށާއި އަދި މުނިފޫހިފިލުވުމަށް އެކަށޭނަ ފުރިހަމަ މާހައުލެއް ހިމެނޭ ގޮތަށް ފަރުމާކުރެވޭ އެމްއައިއެފްސީ މެދުވެރިކޮށް މާލެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައިވާ އެންމެ ކުރިއަރާފައިވާ ބައިނަލްއަގްވާމީ ވިޔަފާރީގެ އަދި މާލީ މަރުކަޒަށް ވެގެންދާނެ އެވެ."

މިހާރު ހިއްކަމުން އަންނަ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ގާއިމްކުރާ މާލީ ފްރީ ޒޯނުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވެފައި، އެއީ ކުރިއަށް އޮތް 50 އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށާއި އެ ޕްރޮޖެކްޓާ އެކު އިތުރު އިންވެސްޓަރުންނާ އެކު ރާއްޖެ އިން އިގްތިސާދީ ބޮޑު ބަދަލެއް ފެންނާނެ ކަމަށެވެ.

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންސްޓްސްގެ ގްރޫޕް ސީއީއޯ ނަދީމް ހުސައިން ވިދާޅުވެފައި ވަނީ، އެ ތަނުގެ ފައިނޭންޝަލް ސެންޓަރާ އެކު، އެ ސަރަހައްދު ވާނީ، މާލީ އާ ބަދަލުތަކެއް ފެންނާނެ ސަރަހައްދަކަށް ކަމަށެވެ. އަދި އިތުރު ބޭރުގެ އިންވެސްޓްމެންޓްތަކަށް ގިނަ ފުރުސަތުތަކެއް ފަހިވާނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

އެމްއައިއެފްސީ އުފެއްދީ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ ގުޅިގެން ދިވެހި ސަރުކާރުން ހިންގާ އިގުތިސާދީ ބިޔަ މަޝްރޫއެއް ކުރިއަށް ގެންދާށެވެ.

މުޅިން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ފަރުމާކޮށްފައިވާ މާލީ މިނިވަން މަންޒިލެއްގެ ގޮތުގައި، އެމްއައިއެފްސީގެ މަގްސަދަކީ ސަރުކާރުން ބުނެފައިވާ ގޮތުގައި ޓޫރިޒަމް ދާއިރާގެ އިތުރުން ދިވެހި އިގްތިސާދު ތަފާތު ދާއިރާތަކަށް ފުޅާކުރުމަށްޓަކައި، ދުނިޔޭގެ މާލީ އިދާރާތަކާއި ފިންޓެކްގެ އީޖާދުތަކާއި އަދި ޑިޖިޓަލް ދާއިރާގެ ހުނަރުވެރިން ރާއްޖެ އަށް ގެނައުމެވެ.

މާލީ ޒޯނުގައި ހިމެނޭ ކަންކަން:

- މި ތަން ތަރައްގީ ކުރަނީ 780،000 އަކަ މީޓަރުގެ ސަރަހައްދެއްގައި.

- އެންމެ ޒަމާނީ ފެންވަރުގެ ކޮންފަރެންސް ސެންޓަރެއް ހުންނާނެ.

- ފާހަގަކޮށްލެވޭ ފަދަ ތިން މިކްސްޑް-ޔޫސް ޓަވަރާއި ބައިނަލްއަގްވާމީ ހޮޓާތަކާއި ބްރޭންޑެޑް ރެސިޑެންސްތަކާއި ފިހާރަތަކާއި އޯޝަނޮގްރަފިކް މިއުޒިއަމަކާއި މިސްކިތަކާއި އިންޓަނޭޝަނަލް ސްކޫލެއް ހުންނާނެ.

- ދެމެހެއްޓެނިވިކަން އަސާސަކަށް ބަލައިގެން ބިނާކުރާ އެމްއައިއެފްސީ ހިންގާނީ މުޅިން ވެސް އިއާދަކުރުވަނިވި ހަކަތައިން. އަދި ޑިޒައިން ކޮށްފައި ވާނީ ހިނގާބިގާވެ އުޅޭ މީހުންނަށް ފަސޭހަ، ކާރު ދުއްވުން މަނާ މާހައުލެއްގެ ގޮތުގައި.

މި މަޝްރޫއު 2030 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވާއިރު، ހިންގަން ފަށާތާ ފަސް ވަނަ އަހަރުގެ ނިޔަލަށް އަހަރަކު އެއް ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދުމަށް ވަނީ އަމާޒު ހިފައިފަ އެވެ.