31 މާޗް 2017 - 11:38

ލ. ފޮނދޫގައި ގެއްލިގެން ހޯދަމުން ދަނިކޮށް، މަރުވެފައި އޮއްވައި އިއްޔެ ފެނުނު ބަންގްލަދޭޝް މީހާގެ މައްސަލާގައި ތިން ބިދޭސީއަކު މިއަދު ހައްޔަރުކޮށްފި އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
މަރުވެފައި އޮއްވައި ފެނުނު އުމުރުން 27 އަހަރުގެ މީހާ ގެއްލިގެން މިދިޔަ ހޯމަދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާއިރު، އޭނާ އިއްޔެ ފެނުނީ ފޮނަދޫ ބަރާސިލު އަވަށުން މޫދަށް އެއްލާލާފައި އޮއްވައި ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެ އެވެ.
"ފެނުނީ ލައްގާފައި އޮއްވައި،" ފޮނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފޮނަދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި މި ބިދޭސީ މީހާ އަކީ އެ ރަށުގެ މީހަކު ކޮންސްޓްރަކްޝަންގެ މަސައްކަތަށް ގެންދިޔަ މީހެކެވެ. އޭ މީހާ ފޮނަދޫގައި އުޅޭތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށް ވެ އެވެ.
ބަރާސިލު އަވަށުން އަތިރިމައްޗާ ވީ ސަރަހައްދުގެ ބޮޑު ބައެއް މިހާރު ވެސް ބަންދުކޮށް، ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް ފޮނަދޫ މީހަކު ބުންޏެވެ.