ފިރިހެނުންގެ ދުވަހާ ގުޅިގެން ޓްރީޓޮޕްއިން "ވެލް މޭލް ޕެކޭޖް" ޑިސްކައުންޓް
ފިރިހެނުންގެ ދުވަހާ ގުޅިގެން ޓްރީޓޮޕްއިން "ވެލް މޭލް ޕެކޭޖް" ޑިސްކައުންޓް

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓްރީޓޮޕް ހޮސްޕިޓަލުން ފިރިހެނުންގެ ހެލްތު ޗެކްއަޕް ހެދުމަށް ހާއްސަ ޕެކޭޖް ކަމަށްވާ "ވެލް މޭލް ޕެކޭޖް" އިން 20 ޕަސެންޓުގެ ޑިސްކައުންޓް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަންގެ މަގުސަދަކީ ފިރިހެނުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ޗެކަޕްތައް ހެޔޮ އަގުގައި ހެދޭނެ މަގުފަހިކޮށް ދިނުމެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ 5،900ރ. ގެ ޕެކޭޖެއް ނަމަވެސް އެ ޕްރޮމޯޝަންގެ ދަށުން އެ ޕެކޭޖަށް ދައްކަން ޖެހޭނީ 4،720ރ. އެވެ.

އުމުރުން 18 އަހަރުން މަތީގެ ފިރިހެނުންނަށް ހާއްސަ ކޮށްފައިވާ އެ ޕެކޭޖްގެ ދަށުން ތަފްސީލީ މެޑިކަލް ހިސްޓްރީއެއް ތައްޔާރު ކުރެވޭނެ އެވެ. އޭގެ ތެރޭގައި ފިޒިކަލް އެގްޒެމިނޭޝަނާއި ހަށިގަނޑުގެ ބީއެމްއައި ވެސް ބަލާނެ އެވެ. އަދި ބްލަޑް ޕްރެޝާ އަދި ސިއްހީ ހާލަތު ދެނެގަތުމަށް ގިނަ ޓެސްޓުތަކެއް ހަދާނެ އެވެ.

މީގެ އިތުރުން ލޮލުގެ ފެނުން ސްކްރީންކޮށް، ޗެސްޓް އެކްސް ރޭ އާއި އީސީޖީގެ އިތުރުން ބަނޑުގެ ސްކޭނެއް ވެސް ހަދާނެ އެވެ. އަދި ޑައިޓީޝަނަކާ އެކު ކޮންސަލްޓޭޝަނަކަށް ވެސް ފުރުސަތު ލިބޭނެ އެވެ. އަދި އެ ޕެކޭޖުގެ ދަށުން ހައްދާ ޓެސްޓުތަކުގެ ނަތީޖާ ޑޮކްޓަރަކަށް ދެއްކުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

އެ ޕެކޭޖުގެ ދަށުން ހަދާ ޓެސްޓުތަކުން މެޓަބޮލިކް ހުރި ގޮތް ބެލުމާއި ލިވާ އާއި ކިޑްނީ އާއި ޕްރެސްޓޭޓުގެ ހާލަތު ދެނެގަނެ، އޯވަރޯލްކޮށް ސިއްހަތު ދެނެގަނެވޭނެ އެވެ. އެ ޕެކޭޖްގެ ދަށުން ހިދުމަތް ހޯދުމަށް ޓްރީޓޮޕް ހޮސްޕިޓަލުން މިހާރު އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.