ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގެ ހިދުމަތް ހޮނިހިރު ދުވަހު ފަށަނީ
ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގެ ހިދުމަތް ހޮނިހިރު ދުވަހު ފަށަނީ

ރާއްޖޭގައި އަލަށް ހުޅުވި އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުން އަންނަ ހޮނިހިރު ދުވަހު ހިދުމަތް ދޭން ފަށާނެ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގެ ހިދުމަތް ހޮނިހިރު ދުވަހު ފަށަނީ
ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގެ ހިދުމަތް ހޮނިހިރު ދުވަހު ފަށަނީ

އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ހުޅުވައިދެއްވި މެޑިކަލް ސެންޓަރުން ސިއްހީ އާއްމު މައުލޫމާތު ފޯރުކޮށްދިނުމާއި މެޑިކަލް ޗެކަޕްތައް ހެދުމާއި އާއްމު ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ހިދުމަތްތައް ދޭނެ ކަމަށެވެ.

ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގެ ހިދުމަތް ހޮނިހިރު ދުވަހު ފަށަނީ
ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގެ ހިދުމަތް ހޮނިހިރު ދުވަހު ފަށަނީ

އެސްޓީއޯ ހެޑް އޮފީހާ ޖެހިގެން ގާއިމްކޮށްފައިވާ އެ ސެންޓަރުގައި އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ޖީޕީ ކްލިނިކާއި ކުޑަކުދިންގެ ހެލްތު ކްލިނިކް އަދި ވެލްނެސް ކްލިނިކް ވަނީ ގާއިމްކޮށްފަ އެވެ. އައިޖީއެމްއެޗުން ބުނީ އެ ސެންޓަރުން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10 އާ ހަމައަށް ހިދުމަތް ދޭނެ ކަމަށެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 3:30 އިން ރޭގަނޑު 10 އާ ހަމައަށް ހިދުމަތް ދޭނެ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.

- ފެމިލީ މެޑިސިން ޕްރެކްޓިޝަނާއަށް ދެއްކުމުގެ ހިދުމަތް

- އާއްމު ބަލިތަކަށް ފަރުވާ ދިނުން

- ޖީޕީ ޑޮކްޓަރުން ލަފާ ދޭ ޓެސްޓުތައް ހެދުން

- ބޭސް ސިޓީ އާކުރުން

- ކުދި ޕްރޮސީޖާތައް ހެދުން

- އެކްސްރޭ ނެގުން

- ބޭސް ފިހާރަ

- ފަސް އަހަރުން ދަށުގެ ކުދިންގެ ހެދިބޮޑުވާ މިންވަރު ދެނެގަތުމާއި ޑިވެލޮޕްމަންޓަލް މައިލްސްޓޯންސް ބެލުން

- ތުއްތު ކުދިންނަށް ގާތުން ދިނުމާއި ކެއުންބުއިމާ ބެހޭގޮތުން ބެލެނިވެރިންނަށް އިރުޝާދު ދިނުން

- އުމުރުން 2-5 އަހަރާ ދެމެދުގެ ކުދިންނަށް ވިޓަމިން-އޭ އަދި ބޭސް ދިނުމުގެ ހިދުމަތް

- ގައުމީ ވެކްސިން ތާވަލާ އެއްގޮތަށް ވެކްސިން ދިނުން

- އިހުތިޔާރީ ވެކްސިން ޖަހައިދިނުން

- ދަތުރުވެރިންގެ ވެކްސިން ޖެހުމުގެ ހިދުމަތް

- ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން

- ނަފްސާނީ ދުޅަހެޔޮކަމާއި ކައުންސެލިންގެ ހިދުމަތް

- ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކޮށް ދިނުން

އައިޖީއެމްއެޗަށް އޮންނަ ކިއު ކުޑަކުރުމަށް ސަރުކާރުގެ ވިސްނުމަކީ މާލޭގެ އެކި ހިސާބުތަކުގައި ޖީޕީ ކްލިނިކްތައް ހެދުމެވެ. އޭގެ ތެރެއިން މާލޭގައި ތިން ސެންޓަރު އަދި ހުޅުމާލޭގައި ދެ ސެންޓަރު ތަރައްގީ ކުރަން ނިންމާފައިވާއިރު، އެއީ އެ ޕްރޮގްރާމްގެ ތެރެއިން ގާއިމްކުރި ފުރަތަމަ ސެންޓަރެވެ.