ގުޅިފަޅުގެ 2،319 ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފި
ގުޅިފަޅުގެ 2،319 ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފި

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން 2،319 ގޯތީގެ ރަޖިސްްޓަރީ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ގުޅިފަޅުގެ 2،319 ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފި
ގުޅިފަޅުގެ 2،319 ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެދި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން މި ސަރުކާރުން ބަދަލުކޮށް، ގިރާވަރުފަޅުން ކުރިން ދޭން ނިންމި ބައެއް ގޯތިތައް ގުޅިފަޅުން ދޭގޮތަށް ހަމަޖެއްސި އެވެ. އެހެންވެ، ކުރީގެ ރަޖިސްޓަރީތައް ބާތިލުކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައަޅައި ގޯތީގެ ރަޖިސްޓަރީ ދޫކުރަން ފެށި މިދިޔަ ޖުލައި މަހުގަ އެވެ.

ގުޅިފަޅުގެ 2،319 ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފި
ގުޅިފަޅުގެ 2،319 ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފި

ގޯތި ދިނުމުގެ އުސޫލަށް ފުށުއަރާ ކަންތައްތަކެއް އާ އެއްބަސްވުމުގައި ހުރި ކަމަށް ބުނެ، ގޯތިތަކުގެ ރަޖިސްޓަރީ ދިނުމަށް ހަދާ އާ އެއްބަސްވުމުގައި ސޮއިކުރަން ބައެއް މީހުން ދެކޮޅު ހަދަމުންދަނިކޮށް، މިނިސްޓްރީން ވަނީ އާ ރަޖިސްޓަރީ އާއި އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު މުއްދަތު ދީފަ އެވެ.

އެ މުއްދަތު މި މަހުގެ ހަ ވަނަ ދުވަހަށް ހަމަވެފައިވާއިރު، ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިހާތަނަށް 2،319 މީހަކަށް ރަޖިސްޓަރީ ދޫކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 25 މީހަކަށް ޕްލޮޓް ހަވާލުކޮށްފައިވާ ކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2,438 ގޯތި ދޭށެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެ އެވެ. އެހެންކަމުން، މިހާތަނަށް ރަޖިސްޓަރީ ހަވާލުނުކުރެވި އޮތީ 119 މީހަކާ އެކަންޏެވެ.

ގޯތީގެ މައްސަލާގައި ހައުސިން މިނިސްޓްރީން ކުރިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ކުރީގެ ސަރުކާރުން ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފައި ވިޔަސް، އެކި ސަބަބުތަކާ ހުރެ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ފަހުން ގެނައި ބަދަލާ އެކު، އެ ތަނުން ގޯތި ލިބުނު މީހުންގެ ޕްލޮޓް ނުވަތަ ބިމުގެ ސަރަހައްދު ބަދަލުވެފައިވާ ކަމަށެވެ. އެ މީހުންނަށް ގޯތި ދޭނެ ސަރަހައްދުތައް ކަނޑައެޅީ އަލުން ގުރުނަގައިގެން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކުރީގެ ސަރުކާރުން އެ މީހުންނާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ހުއްޓެވެ. އާ އެއްބަސްވުމެއް ހަދަން ނިންމީ އެ ކަހަލަ ސަބަބުތަކަށްޓަކައި ކަމަށް ބުންޏެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ޖުމްލަ 9،031 ގޯތި މާލޭ މީހުންނަށް ދޭން ނިންމާފައިވެ އެވެ.