20 ނޮވެމްބަރ 2025 - 09:05

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
އުމުރުން 18 އަހަރުގެ އަންހެނަކު "ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް" ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރުކުރީ ހ. ފޯސީޒަން، އުމުރުން 19 އަހަރުގެ އަހުމަދު އާހިލް މުނާޒު ކަމަށެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏަސް އިތުރު ތަފްސީލެއް ނުދެ އެވެ. އެހެންވެ، އޭނާ ރަހީނުކޮށްގެން ގެންގުޅުނީ ކޮން ގޮތަކުން ގުޅުމެއް އޮތް މީހެއް ކަމެއް، އަދި ކީއްވެ ކަމެއް ވެސް ސާފެއް ނޫނެވެ.