ޕަރީ އާއި ރާގަވްގެ ދަރިފުޅަށް ކިޔަނީ "ނީރް"
ޕަރީ އާއި ރާގަވްގެ ދަރިފުޅަށް ކިޔަނީ "ނީރް"

ބޮލީވުޑްގެ ތަރި ޕަރިނީތީ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ ރާގަވް ޗައްޑާގެ އަަލަތު ދަރިފުޅުގެ ނަން އިއްޔެ ހާމަކޮށްފި އެވެ.

ދަރިފުޅުގެ ފޮޓޯއަކާ އެކު، އެ ދެމަފިރިން އިއްޔެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ ދަރިފުޅުގެ ނަމަކީ "ނީރް" ކަމަށެވެ.

އެ ޕޯސްޓުގެ ކެޕްޝަންގައި ބުނީ އެ ދަރިފުޅަކީ އެ ދެމަފިރިންގެ ހިތަށް ލިބުނު އެންމެ ބޮޑު ހަމަޖެހުމާއި އުފާ ކަމަށެވެ. އަދި ދަރިފުޅަށް ދިން ނަމުގެ މާނައަކީ "ސާފު، ފުރިހަމަ އަދި ނިމުމެއް ނެތް" ކަމަށް އެ ޕޯސްޓުގައި ބުންޏެވެ.

ޕަރީ އާއި އޭނާގެ ފިރިމީހާ އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ރާގަވްއަށް ފިރިހެން ކުއްޖަކު ލިބުނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

ރާގަވް އާއި ޕަރީ ކައިވެނި ކުރީ ސެޕްޓެމްބަރު 24، 2023 ގަ އެވެ. ކައިވެންޏަށް ފަހު ޕަރީ އުޅުނީ ފިލްމީ މަސައްކަތްތަކާ ދުރުގަ އެވެ.

އެ ދެމަފިރިންގެ ކައިވެނީގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގަ އެވެ.