ސާފްގް ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕް ފަށާނީ ރާއްޖެ އާއި އިންޑިއާގެ އަންހެން ޓީމުގެ މެޗުން
ސާފްގް ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕް ފަށާނީ ރާއްޖެ އާއި އިންޑިއާގެ އަންހެން ޓީމުގެ މެޗުން

ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފުރަތަމަ މެޗުތައް އިންޑިއާ އާއި ޕާކިސްތާނާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.

ތައިލެންޑްގައި އަންނަ ޖެނުއަރީ މަހު ބާއްވާ މުބާރާތް ހުޅުވާނީ ދޭނީ ރާއްޖެ އާއި އިންޑިއާގެ އަންހެން ޓީމުގެ މެޗުންނެވެ.

ފިރިހެން ޑިވިޝަނުގައި ރާއްޖޭން ފުރަތަމަ ނުކުންނަން ޖެހޭނީ ޕާކިސްތާނާ ދެކޮޅަށެވެ.

މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. މުބާރާތުގެ ފުރަތަމަ ދުވަހު ކުޅޭނީ އަންހެން ޑިވިޝަނުގެ މެޗުތަކެވެ. މުބާރާތް ފަށާނީ ޖެނުއަރީ 12 ގަ އެވެ. މެޗު ކުޅޭ ކޮންމެ ދުވަހަކު ވެސް ތިން މެޗު ކުރިއަށްދާނެ އެވެ. ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ނުކުންނާނީ ލަންކާ އާއި ބޫޓާނެވެ. އެ ދުވަހުގެ ދެވަނަ މެޗުގައި އިންޑިއާއިން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެދުވަހުގެ ތިންވަނަ މެޗަކީ ރާއްޖެ އާއި ޕާކިސްތާނުގެ މެޗެވެ.

އަންހެން ޑިވިޝަނުގެ ކުޅުން ފަށާނީ ޖެނުއަރީ 13 ގަ އެވެ. އެ ދުވަހުގެ ދެވަނަ މެޗުގައި އެ ދުވަހުގެ ދެވަނަ މެޗުގައި ޕާކިސްތާނާއި ބޫޓާން ވާދަކުރާނެ އެވެ. ތިންވަނަ މެޗުގައި ކުޅޭނީ ލަންކާ އާއި ނޭޕާލެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ޓީމުގެ މެޗުތައް

- ޖެނުއަރީ 13: އިންޑިއާއާ ދެކޮޅަށް

- ޖެނުއަރީ 15: ނޭޕާލާ ދެކޮޅަށް

- ޖެނުއަރީ 17: ޕާކިސްތާނާ ދެކޮޅަށް

- ޖެނުއަރީ 21: ބޫޓާނާ ދެކޮޅަށް

- ޖެނުއަރީ 23: ލަންކާއާ ދެކޮޅަށް

- ޖެނުއަރީ 25: ބަންގްލަދޭޝާ ދެކޮޅަށް

- ޖެނުއަރީ 14: ޕާކިސްތާނާ ދެކޮޅަށް

- ޖެނުއަރީ 16: ބަންގްލަދޭޝާ ދެކޮޅަށް

- ޖެނުއަރީ 20: އިންޑިއާއާ ދެކޮޅަށް

- ޖެނުއަރީ 22: ނޭޕާލާ ދެކޮޅަށް

- ޖެނުއަރީ 24: ބޫޓާނާ ދެކޮޅަށް

- ޖެނުއަރީ 26: ބަންގްލަދޭޝާ ދެކޮޅަށް

ސާފްސަރަހައްދުން ބޭރުގައި ބާއްވާތީ ސަރަހައްދުގެ މީޑީއާތަކުން އެ ސުވާލު ފެންމަތި ކުރި އެވެ. ސާފްގެ ސެކްރެޓަރީ ޖެނަރަލް ޕުރުތޯޝަމް ކަޓޭލް ވިދާޅުވެފައި ވަނީ ފުޓްސަލް އާއި ބީޗް ސޮކާ އަށް ދެކުނު އޭޝިއާގައި އެކަށީގެންވާ ވަސީލަތް ނެތް ކަމަށެވެ.

މި ދާއިރާތަކުން [ފުޓްސަލް އާއި ބީޗް ސޮކާގައި] ދެކުނު އޭޝިއާ ވަނީ އެހެން ސަރަހައްދުތަކަށް ވުރެ ފަހަތުގައި،" ޕުރުތޯޝަމް ކަޓޭލް ވިދާޅުވެފައި ވެއެވެ.

"އަޅުގަނޑުމެންނަށް ފާހަގަވެފައި ވަނީ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު ފުޓްސަލްގައި ހަރަކާތްތެރިވާ އޮފިޝަލުން މި ސަރަހައްދުން ލިބުމުގެ ދަތިކަމެއް ވެސް އުޅޭކަން، އެހެންވެ އަޅުގަނޑުމެންގެ ސަރަހައްދުގައި ފުޓްސަލް ތަރައްގީ ކުރަން ފެށުމަކީ ވަރަށް މުހިންމު ކަމެއް."