19 ނޮވެމްބަރ 2025 - 11:47

މާލޭގައި ހިންގާ ސެލޫނެއް ފާސްކޮށް، ހަށިވިއްކާ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ "ޕީސް ސެލޫން އެންޑް ސްޕާ"ގައި މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަންގައި ދިވެހި ފިރިހެނަކާއި ތައިލެންޑުގެ ތިން އަންހެނުން ހައްޔަރުކުރީ ފައިސާގެ ބޭނުމުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ފިރިހެނަކީ ގއ. ވިލިނގިލި، ރިވެލި، މުހައްމަދު ސަމާމް ރަޝީދު، 28، އެވެ.
އެ މައްސަލާގައި ދެން ހިމެނެނީ؛
- ޖުންޕެން ކުމްބޮންޕިޓަކް، 38
- ޕަޓްޗަރިދާ ބަންނަބޮޑީ، 24
- ސުޕަވަޑީ ޖޮމްޓަރަކު، 21
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ސަމާމްގެ ބަންދަށް ފަސް ދުވަސް އަދި ތައިލެންޑުގެ އަންހެނުންގެ ބަންދަށް ވަނީ 30 ދުވަސް ވަނީ ދީދަ އެވެ.
ޕީސް ސެލޫނުން ސޯޝަލް މީޑިއާގައި ވެސް ވަނީ އެ ތަނުގެ ހިދުމަތްތައް ޕްރޮމޯޓުކުރުމުގެ ބަދަލުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން އިޝްތިހާރުކޮށް ފޮޓޯ އާއި ވީޑިއޯ އާއްމުކޮށްފަ އެވެ. ހާއްސަކޮށް، ޓިކްޓޮކްގައި އޭގެ ގިނަ ވީޑިއޯ ޕޯސްޓު ކޮށްފައިވެ އެވެ.