18 ނޮވެމްބަރ 2025 - 21:52

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ 18 އަހަރުގެ އަންހެނަކު "ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް" މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏަސް އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.
އަދި އެ މައްސަލާގައި ތުހުމަތުކުރެވެނީ ކޮން ބަޔަކަށް ކަމެއް އަދި މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެ އެވެ.