ފަހު ހާފުގައި ރާއްޖޭން ކުޅުން ރަނގަޅު ކުރި، މޮޅުވިޔަސް ފިލިޕީންސުން ބޭނުންވި ނަތީޖާއެއް ނުނެރެވުނު!
ފަހު ހާފުގައި ރާއްޖޭން ކުޅުން ރަނގަޅު ކުރި، މޮޅުވިޔަސް ފިލިޕީންސުން ބޭނުންވި ނަތީޖާއެއް ނުނެރެވުނު!

ފުރަތަމަ ހާފުގައި ޖެހި ލަނޑުތަކުން 2-0 ން ފިލިޕިންސުން ރާއްޖެ ބަލިކޮށްފި އެވެ.

ފަހު ހާފުގައި ރާއްޖޭން ކުޅުން ރަނގަޅު ކުރި، މޮޅުވިޔަސް ފިލިޕީންސުން ބޭނުންވި ނަތީޖާއެއް ނުނެރެވުނު!
ފަހު ހާފުގައި ރާއްޖޭން ކުޅުން ރަނގަޅު ކުރި، މޮޅުވިޔަސް ފިލިޕީންސުން ބޭނުންވި ނަތީޖާއެއް ނުނެރެވުނު!

އެކަމަކު މިއީ އެ ޓީމަށް ހިތްހަމަޖެހޭ ނަތީޖާއެއް ނޫނެވެ.

ފަހު ހާފުގައި ރާއްޖޭން ކުޅުން ރަނގަޅު ކުރި، މޮޅުވިޔަސް ފިލިޕީންސުން ބޭނުންވި ނަތީޖާއެއް ނުނެރެވުނު!
ފަހު ހާފުގައި ރާއްޖޭން ކުޅުން ރަނގަޅު ކުރި، މޮޅުވިޔަސް ފިލިޕީންސުން ބޭނުންވި ނަތީޖާއެއް ނުނެރެވުނު!

ފިލިޕީންސަށް ފުރަތަމަ ލަނޑު ޖަހައި ދިން ޖެފާސަން ޓަބީނަސް މެޗަށް ފަހު ޕީއެސްއެމް އަށް ދިން އިންޓަވިއުގައި ބުނީ ޓިމޯ ލެސްޓޭގެ މައްޗަށް 5-0 ން ތަޖިކިސްތާން މޮޅުވުމުން، ފިލޕީންސުން ނުކުތީ ރާއްޖެއާ ދެކޮޅަށް އެންމެ ދަށް ވެގެން ތިން ލަނޑުން މޮޅުވާން ކަމަށެވެ. އެ ނަތީޖާ ނުނެރެވުމުން އޭނާ ވާހަކަ ދެއްކީ ހިތްހަމަޖެހިގެން ހުރެއެއް ނޫނެވެ.

ފަހު ހާފުގައި ރާއްޖޭން ކުޅުން ރަނގަޅު ކުރި، މޮޅުވިޔަސް ފިލިޕީންސުން ބޭނުންވި ނަތީޖާއެއް ނުނެރެވުނު!
ފަހު ހާފުގައި ރާއްޖޭން ކުޅުން ރަނގަޅު ކުރި، މޮޅުވިޔަސް ފިލިޕީންސުން ބޭނުންވި ނަތީޖާއެއް ނުނެރެވުނު!

"މެޗު ފެށުމުގެކުރިން އަހަރެމެންނަށް އެނގުނު ތަޖިކިސްތާނުން ޓިމޯ ލެސްޓޭގެ މައްޗަށް 5-0 ން މޮޅުވިކަން. އެހެންވެ އަހަރެމެން ނުކުތީ އެންމެ ދަށްވެގެން ތިން ލަނޑުން މޮޅުވާން. ނަސީބު ދެރަކަމުން އަހަރެމެންނަށް މި ޖެހުނީ ދެ ލަނޑު،" އޭނާގެ މޫނުމަތިން ވެސް ހިތްހަމަނުޖެހުން ފާޅުކުރަމުން ޖެފާސަން ބުންޏެވެ.

"މޮޅުވުމުން ހިތްހަމަޖެހޭ. އެކަމަކު އަހަރެމެން އެބަޖެހޭ ވަރަށް ގިނަކަންކަން ރަނގަޅުކުރަން."

މެޗުގެ ފުރަތަމަ ހާފު ދިވެހި ޓީމަށް ދިޔައީ ގޮސްކޮށެވެ. އެކަމަކު ދެވަނަ ހާފުގައި މެޗުގެ ތެރެއަށް ވަދެ ގޭމް ކުޅެން ރާއްޖޭން މަސައްކަތް ކުރި އެވެ.

ފިލިޕީންސްގެ ފުރަތަމަ ލަނޑު އެ ޓީމުން ޖެހީ މެޗުގެ 25 ވަނަ މިނެޓްގަ އެވެ. އެ ޓީމަށް ލިބުނު ކޯނަރު ރެންޑީ ޝްނައިޑާ ނެގި ކޯނަރު ޖެފާސަން ބޮލުން ފޮނުވާލައި ގޯލްގެ ތެރެއަށް ވައްދާލި އެވެ.

ޖެފާސަން ހުރީ އޭރިއާ ތެރޭގައި ލައިން ކައިރީގަ އެވެ. އޭނާ މާކު ކުރުމުގައި ދިވެހި ޑިފެންޑަރަށް ރަނގަޅަށް މަސައްކަތެއް ނުކުރެވުނެވެ.

މެޗު ފަށައިން ފުރަތަމަ ހަމަލާއެއް އުފައްދަން މަސައްކަތް ކުރީ ރާއްޖޭންނެވެ. މެޗު ފަށައިގެން ފުރަތަމަ މިނެޓްގައި ރާއްޖޭގެ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) ފިލިޕީންސްގެ އޭރިއާގެ ތެރެއަށް ރަނގަޅު ހުރަހެއް ނަގައިދިނެވެ. އެކަމަކު ފިލިޕީންސްގެ އޭރިއާގެ ތެރެއަށް އެރި ދިވެހި ކުޅުންތެރިންނަށް އެ ބޯޅަ ބޭނުން ނުހިފި ބޯޅަ ދިޔައީ ބޭރަށެވެ.

ފިލިޕީންސްގެ ދެވަނަ ލަނޑު ސެންޑްރޯ ރޭޔެސް ޖެހީ ހާވިއާ ގަޔޯސޯ ތިރިތރިން ހުރަސްކޮށްދިން ބޯޅައިންނެވެ. އޭނާ އެ ބޯޅަ އޭރިއާ ތެރެއަށްހުރަސްކޮށް ދިނީ ވެސް ފަސޭހަ ކަމާ އެކު އެވެ. ރޭޔެސް އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލީ ވެސް އުނދަގޫކަމެއް ނެތި އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އިއްބެ ދިން ބޯޅައިން ނާއިޒު ހަސަން (ދާދު) ހުސްކޮށް ފިލިޕީންސްގެ އޭރިއާ ތެރެއަށް ވަނަވެ. ނާއިޒު މަސައްކަތް ކުރީ އެ ބޯޅަ ކީޕަރު ކެވިން ރޭ މެންޑޯޒާގެ ބޯ ބޯމަތިން ފޮނުވާލުމަށެވެ. އެ ވަގުތު މެންޑޯޒާ ވެސް ބޯޅަ އަށް ވިއްދުމުން ދާދު އަށް ރަނގަޅަށް ބޯޅަ ފޮނުވާމުލެވުނެވެ. ކީޕަރު ފަސްދީ ބޯޅަ މަޑުމަޑުން މަތިން ދިޔަ އެވެ. އެކަމަކު އޭނާ ގޮސް ބޯޅަ ވައިގެތެރޭގައި އޮއްވައި ބޯޅަ ހިފި އެވެ.

ދެވަނަ ހާފުގައި ފިލިޕީންސުން މަސައްކަތް ކުރީ އަތުގައި ބޯޅަ ގިނަ އިރު ބާއްވައިގެން ކުޅުމަށެވެ. ރާއްޖެ ޓީމަށް ފަޅި ފުރުސަތުތަކެއް އެ ހާފުގައި ތަނަވަސް ކުރި އެވެ.

ފިލިޕީންސުން ދެވަނަ ހާފުގައި އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތައް ރާއްޖޭގެ ޑިފެންސުން ރަނގަޅަށް މަސައްކަތްކޮށް ހުއްޓުވި އެވެ.

މެޗުގެ ފަހުކޮޅުގައި ރާއްޖޭގެ އޭރިއާގެ ރޮނގުމަތިންކަހަލަ ގޮތަކަށް ފިލިޕީންސަށް ލިބުނު ހިލޭޖެހުން ރެންޑީ ޝްނައިޑާ ފޮނުވާލުމުން ވެސް ރާއްޖޭގެ ޑިފެންސުން ވެސް އެ ބޯޅަ ދިފާއުކޮށް އެ ބޯޅައިގެ ނުރައްކާ ކަނޑުވާލި އެވެ.

އެ ހާފުގައި ފިލިޕީންސަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ސަބެސްޓިއަން ރަސްމުސަން އަށެވެ. އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

މެޗުގެ 85 ވަނަ މިނެޓްގައި ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ފިލިޕީންސްގެ އޭރިއާގެ ތެރޭގައި ބޯޅަ ކޮންޓްރޯލްކޮށް ފަޔަށް ހެޔޮވަރުކޮށް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތީ ކަނާދިމާލުން ދަނޑި ކައިރިން ބޭރަށެވެ.