18 ނޮވެމްބަރ 2025 - 15:16

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް، ބޭފެންސީ ރެޒިޑެންސުން އަންނަނީ މަސައްކަތުގެ އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން، ތާވަލުކޮށްފައިވާ ޝެޑިއުލާ އެއްގޮތަށް، ވަގުތަށް މަސައްކަތްތައް ނިންމަމުންނެވެ. އެ ކަނޑައަޅާފައިވާ ވަގުތަށް އިމާރާތުގެ ސުޕަ ސްޓްރަކްޗާގެ މަސައްކަތް ނިންމައި ޕްރޮޖެކްޓުގެ ބޮޑު ކުރިއެރުމެއް ވަނީ ހޯދައިފަ އެވެ.

މިއީ ބޭފެންސީގެ ކަސްޓަމަރުންނަށް ވެފައިވާ ވައުދާ އެއްގޮތަށް، ކަނޑައަޅާފައިވާ ވަގުތަށް އިމާރާތް ނިންމައި، އެޕާޓްމަންޓު ހަވާލުކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ވެސް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ބޭފެންސީ އަކީ ހަމައެކަނި އެޕާޓްމަންޓް ކޮމްޕްލެކްސްއެއް ނޫނެވެ. މިއީ ލަގްޒަރީ ދިރިއުޅުމެއްގެ ފެށުމެވެ. މިއީ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދޭނެ އެކި ވަސީލަތްތަކާ އެކު، އަރާމު، ހިތްގައިމު ދިރިއުޅުމަކަށް ބޭނުންވާނެ އެކި ކަންތައްތައް ފުރިހަމައަށް ހިމަނައިގެން ތައްޔާރުކުރާ އިމާރާތެކެވެ. ތަން ޑިޒައިންކުރުމުގައި ގުދުރަތީ އަލި ވަންނަ ގޮތަށް ފަރުމާކުރުމުން ފެށިގެން ތަނުގެ އޯޕަން ވެންޓިލޭޝަނާއި ގަސްގަހާގެހީގެ ވާޓިކަލް ބަގީޗާއިން ފެށިގެން އިމާރާތުގެ ކޮންމެ ސިފައަކީ ވެސް އެ ތަނުގެ ދިރިއުޅުން އިތުރަށް ހިތްގައިމުކޮށް، ހިތްފަސޭހަކޮށްދިނުމުގެ ގޮތުން ހިމަނާފައިވާ ސިފަތަކެކެވެ.
މި އިމާރާތުގެ 17 ވަނަ ބުރީގައި ހަދާ ލައިފްސްޓައިލް ފްލޯ އަކީ ވެސް ތަނުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދޭނެ ފަދަ އެކި ވަސީލަތްތަކާ އެކު ފަރުމާކޮށް ހަދަން ހަމަޖެހިފައިވާ ތަނެކެވެ. މިއީ އުޑުމައްޗާއި ވަށައިގެންވާ މާހައުލުގެ ގުދުރަތީ ރީތިކަމުގެ އެކި މަންޒަރުތަކާ އެކު ކަސްރަތު ކުރާނެ ޖިމަކާއި އިންފިނިޓީ ޕޫލެއް އަދި މަޖާކޮށްލާނެ އެންޓަޓެއިންމަންޓު ޒޯނެއް ހިމެނޭ ތަނެކެވެ. މި ތަނުގައި ޑޭކެއާއަކާއި ލައިބްރަރީއެއް އަދި ބިލިޔާޑް ލައުންޖެއް ވެސް ހިމެނެ އެވެ. މިއީ އަރާމުކޮށްލުމަށް، ނުވަތަ މަސައްކަތްކުރުމަށް ނުވަތަ އާއިލާއާ އެކު ވަގުތު ހޭދަކޮށްލުމަށް ވެސް މަޑުކޮށްލެވޭ ގޮތަށް، ތަނުގައި ދިރިއުޅޭ މީހުންގެ އެކި ބޭނުންތަކަށް ވިސްނައިގެން ފަރުމާކުރާ ތަނެކެވެ.
ބޭފެންސީ ރެޒިޑެންސްގެ ކޮންމެ އެޕާޓްމަންޓަކީ ތަނަވަސް ބެލްކަންޏެއް ހިމެނޭ، ކަނޑުގެ ރޯޅިތައް ވަންނާނެ، ގުދުރަތީ އަލި ލިބޭނެ ގޮތަށް ފަރުމާކުރާނެ އެޕާޓްމަންޓުތަކެކެވެ. މި އެޕާޓްމަންޓުތަކުގައި ހިމަނާފައިވާ ސްމާޓްހޯމް ސިސްޓަމްތަކުގެ އެހީގައި، ރެޒިޑެންޓުން ބޭނުންވާ ގޮތަށް، އެޕާޓްމަންޓުގެ ހުރިހާ ކަމެއް ކަސްޓަމައިޒްކޮށްލެވޭނެ އެވެ. އަދި މިތަނުގެ ސެކިއުރިޓީ ސިސްޓަމްތަކުގެ އެހީގައި ތަނުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ އިރު، މިއީ ޕްރައިވެޓް ޕާކިން ސްލޮޓްތަކެއް ހިމެނޭ ހާއްސަ ޕާކިން އޭރިއާއާ އެކު ހަދާ އިމާރާތެކެވެ. މިފަދަ ކޮންމެ ހިދުމަތަކީ ވެސް ތަނުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން ހިމަނާފައިވާ ހިދުމަތްތަކެވެ.
ބޭފެންސީން މިހާތަނަށް އާއްމުކޮށްފައިވާ އެތަނުގެ ހުރިހާ ސިފަތަކެއްގެ އިތުރުން، އެ އެޕާޓްމަންޓް ކޮމްޕްލެކްސް އެހެން އިމާރާތްތަކާއި ތަފާތުވާނެ، ހާއްސަ އިތުރު ފީޗާއެއް ވަރަށް އަވަހަށް އިއުލާނުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ މި ތަން މިހާރަށް ވުރެ ފުރިހަމަކޮށްދޭނެ ތަފާތު ފީޗާއެކެވެ.
މިތަނުގައި ލަގްޒަރީ އަކީ ހަމައެކަނި މިންގަނޑެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ވައްޓަފާޅިއެކެވެ. ބޭފެންސީން މަސައްކަތް ކުރަނީ ބުޓީކް-ސްޓައިލް އިމާރާތާ އެކު ފަސް ތަރީގެ ތަޖުރިބާއެއް ހޯދޭނެ އެޕާޓްމަންޓް ކޮމްޕްލެކްސްއެއް ބިނާކުރުމަށެވެ.
ބޭފެންސީ ރެޒިޑެންސްގެ ސައިޓަށް ޕްރައިވެޓް ވިޒިޓްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މިއީ ތަނުގެ ޕްރޮގްރެސް އާއި އިމާރާތް ޑިޒައިންކުރަމުން އަންނަ ގޮތް ބަލައިލުމަށް ލިބޭނެ ފުރުސަތެކެވެ.
ބޭފެންސީއަށް ޒިޔާރަތް ކުރަން ބޭނުންވާ ފަރާތްތަކާއި އެތަނާ ގުޅޭ އިތުރު މައުލޫމާތު[email protected]އަށް މެއިލްކޮށްގެން ނުވަތަ 18 999 94 960+ އަށް ވަޓްސްއެޕް މެދުވެރިކޮށް މެސެޖުކޮށްގެން ލިބޭނެ އެވެ. އަދި އެތަނުގެ ލޭންޑްލައިން ނަމްބަރު، 1188 400 960+ އިން ވެސް ލިބޭނެ އެވެ.
ނޯޓު: މިއީ ބޭފެންސީގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.