މާލޭގައި އަންހެނަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަނީ
މާލޭގައި އަންހެނަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަނީ

މާލޭގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މި މަހުގެ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލޭގެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އައިޖީއެމްއެޗަށް ގެންގޮސްދީފައިވާ ކަމަށެވެ. އެ ހޮސްޕިޓަލުން ބެލުމަށް ފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ތުހުމަތުކުރެވިގެން އެކަން އެ ރޭގެ ވަގުތެއްގައި ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.

އަނިޔާ ލިބިގެން ފަރުވާ ދިނީ 24 އަހަރުގެ އަންހެނަކަށެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އަންނަނީ ތަހުގީގުކުރަމުންނެވެ. އެކަމަކު އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ އަނިޔާ ލިބިފައިވާ ފަރާތަށް ބޭނުންވާ ސިއްހީ ފަރުވާ އާއި ސައިކޯސޯޝަލް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.