"މޭފޯޑް" ލިފްޓާ އެކު މެގަބޮކްސްއިން ދޭ ހިދުމަތްތަކުގެ ދެވަނައެއް ނެތް!
"މޭފޯޑް" ލިފްޓާ އެކު މެގަބޮކްސްއިން ދޭ ހިދުމަތްތަކުގެ ދެވަނައެއް ނެތް!

މެގަބޮކްސް ކުންފުނީގެ ނަން ގިނަ ބަޔަކަށް އަދި އިވިފައި ނެތެއް ކަމަކު، ދިވެހިރާއްޖޭގައި މިވަގުތު، އެއްފަހަރާ އެންމެ ގިނަ ލިފްޓް ބޭނުންކުރާ ތަން ކަމަށްވާ، ހުޅުމާލޭގެ 25 ބުރީގެ އުސް، ހިޔާ ފްލެޓް ޓަވަރުތަކުގެ 54 ލިފްޓް ބަލަހައްޓައި، ސާވިސް ކުރަނީ މެގަބޮކްސް އިންނެވެ.

"މޭފޯޑް" ލިފްޓާ އެކު މެގަބޮކްސްއިން ދޭ ހިދުމަތްތަކުގެ ދެވަނައެއް ނެތް!
"މޭފޯޑް" ލިފްޓާ އެކު މެގަބޮކްސްއިން ދޭ ހިދުމަތްތަކުގެ ދެވަނައެއް ނެތް!

އެތައް ހާސް ބަޔަކު، ދުވާލަކު އެތައް ހާސް ފަހަރު ބޭނުންކުރާ މި ލިފްޓުތަކަކީ ވަރަށް ގާތުން ހިދުމަތް ދޭން ޖެހޭ، ވަރަށް ޓެކްނިކަލް، ބުރަ މަސައްކަތެއް ކަމުގައި ވިއަސް، އެޗްޑީސީގެ ފުރިހަމަ އިތުބާރާ އެކު، މެގަބޮކްސް އިން ހިޔާގެ ލިފްޓްތައް ސާވިސް ކުރާތާ މިހާރު ގާތްގަނޑަކަށް ދެ އަހަރު ފުރެނީ އެވެ. މެގަބޮކްސްގެ އިންޖިނިއަރިން ޓީމާއި މުޅި ކުންފުނީގެ ލިފްޓް ހިދުމަތަށް ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެޗްޑީސީން އިތުބާރުކޮށް މިވަރުގެ ބިޔަ، ބޮޑު މަސައްކަތެއް ހަވާލުކޮށްފައި ވުމަކީ ލިފްޓް އިންސްޓޯލްކޮށް، ސާވިސް ކުރުމުގައި ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކާއި މެގަ ބޮކްސްއިން ފައި ހަމަކޮށްފައިވާ ކަމުގެ ހެއްކެކެވެ.

"މޭފޯޑް" ލިފްޓާ އެކު މެގަބޮކްސްއިން ދޭ ހިދުމަތްތަކުގެ ދެވަނައެއް ނެތް!
"މޭފޯޑް" ލިފްޓާ އެކު މެގަބޮކްސްއިން ދޭ ހިދުމަތްތަކުގެ ދެވަނައެއް ނެތް!

ހިޔާގެ 54 ލިފްޓުގެ ތެރެއިން ކޮންމެ ލިފްޓަކީ ދުވާލަކު މަދުވެގެން ހަތަރު ހާސް ފަހަރު ބޭނުންކުރާ އެއްޗެކެވެ. މިފަދަ ބޮޑު މަސައްކަތެއް އެޗްޑީސީން ހަވާލުކުރި މެގަބޮކްސްއިން އަންނަނީ ބަރާބަރަށް ލިފްޓުތަކުގެ މަރާމާތާއި ސާވިސިންގެ ހިދުމަތް ދެމުންނެވެ. މެގަބޮކްސްއިން ހިޔާ ޓަވަރުގެ ލިފްޓުތަކަށް ދެމުން އަންނަ ހިދުމަތްތަކަކީ އެޗްޑީސީ އާއި އެ ޓަވަރުގައި ދިރިއުޅޭ ފަރާތްތަކުން ބަލައިގެންފައިވާ ހިދުމަތްތަކެކެވެ.

މެގަބޮކްސް އަކީ މޭފޯޑް ބްރޭންޑުގެ ލިފްޓުގެ ރާއްޖެ އާއި ސްރީ ލަންކާ ސަރަހައްދުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަ އެވެ. އެގޮތުން، މާލެ އާއި ހުޅުމާލެ އަދި މާފުށީގައި މޭފޯޑު ބްރޭންޑުގެ އެތައް ލިފްޓެއް މެގަބޮކްސް އިން އިންސްޓޯލް ކޮށްފައިވެ އެވެ. ރާއްޖޭގެ އެންމެ އުސް އިމާރާތްތައް ކަމަށްވާ، 25 ބުރީގެ ހިޔާ ޓަވަރުތަކުގެ ލިފްޓުތައް ސާވިސް ކުރަނީ މެގަބޮކްސްއިންނެވެ. އަދި ރާއްޖޭގެ އެއް ކުންފުންޏެއްގައި އެންމެ ގިނަ ލިފްޓު އިންޖިނިއަރުން ގެންގުޅޭ ކުންފުންޏަކީ ވެސް މެގަބޮކްސް އެވެ. މޭފޯޑު ބްރޭންޑުގެ ލިފްޓާ އެކު މެގަބޮކްސް މިހާރު ވެފައިވަނީ ރާއްޖޭގެ ލިފްޓު މާކެޓުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ކުންފުނި ކަމުގަ އެވެ. މެގަބޮކްސް އިން މޭފޯޑު ބްރޭންޑުގެ ލިފްޓު އިންސްޓޯލް ކުރި ކަމުގައި ވިއަސް، އެ ކުންފުންޏަކީ ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ތަފާތު ނުވަ ބްރޭންޑެއްގެ ލިފްޓުތަކަށް ވެސް ސާވިސްގެ ހިދުމަތް ދޭ ކުންފުންޏެކެވެ. އެގޮތުން، ދިވެހި މާކެޓުގައި ބޭނުންކުރާ ގާތްގަނޑަކަށް ހުރިހާ ބްރޭންޑެއްގެ ލިފްޓު ވެސް މެގަބޮކްސްއިން ސާވިސް ކުރެ އެވެ.

"އަޅުގަނޑުމެން މި ހިދުމަތަށް ވަނުމުގެ އެންމެ މުހިއްމު އެއް މަގުސަދަކީ ބޭރު ކުންފުނިތަކުން ފިލައި ތިބެ ދިވެހިރާއްޖޭގެ ލިފްޓު މާކެޓުގައި ބޮޑެތި އަގުތައް ނަގައިގެން މުޅި މާކެޓް ޑޮމިނޭޓްކުރާ ކުރުން ނިމުމަކަށް ގެނައުން،" މެގަބޮކްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނައީމް (އެމޯ) ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ލިފްޓް އިންސްޓޯލްކޮށް ސާވިސްކޮށްދޭ ކުންފުނިތަކުގެ ތެރެއިން ކަސްޓަމަރުންގެ ޖީބަށް ލުއިކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި، 24 ގަޑިއިރު، ހިދުމަތް ދޭ ކުންފުނިތަކުގެ ތެރޭގައި މެގަބޮކްސް ހިމެނެ އެވެ. ބައެއް ކުންފުނިތަކުން ލިފްޓަކަށް މަހަކު 3،000ރ. އިން މައްޗަށް، ސާވިސް ފީ ނަގާއިރު މެގަބޮކްސްގެ ސާވިސް ފީ އަކީ މަހަކު 1،800ރ. އާއި 2،000ރ. އާ ދެމެދުގެ އަގެކެވެ. އެހެން ކުންފުނިތަކުންދޭ ހިދުމަތަށް ވުރެ ފުރިހަމަ ހިދުމަމަތެއް މި އަގުގައި މެގަބޮކްސް އިން މިހާރު ވެސް ދެމުން އަންނަ ކަމުގެ ޔަގީންކަން އަހުމަދު ނައީމް ދެއްވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުން ފުރިހަމައަށް ހިތްހަމަ ޖެހޭ ގޮތަށް، ލިފްޓުގެ ސަލާމަތާއި ރައްކާތެރިކަން ނުގެއްލޭ ގޮތަށް، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިދުމަތް ދެމުން ގެންދިއުން،" އޭނާ ވިދާޅުވި އެވެ.

ބަލައިލަން ރީތި، މައްސަލަ މަދު، ކަރަންޓު އަގު ހެޔޮ، އުމުރު ދިގު، ޖީބަށް ލުއި ލިފްޓެއް ހޯދަން ކޮންމެ ކަސްޓަމަރެއް ވެސް ބޭނުންވާ އިރު، ބޭރުގެ ފަރާތްތަކުން ޑޮމިނޭޓްކުރާ ބްރޭންޑުތަކުން ދިވެހީންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާފައި އޮންނަނީ، ތިމަންނާމެންގެ ބްރޭންޑު ނޫން އެހެން ބްރޭންޑެއްގައި ކޮލިޓީއެއް ނެތްކަމަށެވެ. ހަގީގަތުގައި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ހުރިހާ ބްރޭންޑުތަކުގެ ލިފްޓުތަކަކީ ވެސް ކޮލިޓީ ލިފްޓްތަކެކެވެ. ނަމަވެސް ދެ ބްރޭންޑެއްގެ މެދުގައި ކޮލިޓީ ތަފާތުކޮށްދޭ އެންމެ މުހިއްމު މިންގަނޑަކީ ކަސްޓަމަރަށް ދޭ ހިދުމަތެވެ. މި މިންގަނޑުން ބަލާއިރު ދިވެހިރާއްޖޭގައި މިވަގުތު ލިފްޓު ބަހައްޓައި، ސާވިސްކޮށްދޭ ކުންފުނިތަކުގެ ތެރޭގައި މެގަބޮކްސް އަށް ވުރެ ވަކި ފެންވަރު ރަނގަޅު އެހެން ބަޔަކު ނުތިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ދެއްވަ އެވެ.

މެގަބޮކްސް ކުންފުންޏަށް ލިފްޓެއްގެ އޯޑަރު ލިބުމާ އެކު ބޭރުގެ ލިފްޓް އުފައްދާ ފެކްޓަރީގައި ލިފްޓް އުފެއްދުމުގެ މަސައްކަތް ފަށަ އެވެ. ލިފްޓް އުފައްދައި، ފެކްޓަރީގެ ޓެސްޓިން ޓަވަރުގައި ފުރިހަމައަށް ލިފްޓް ޓެސްޓުކޮށް، ޕެކްކޮށް، ތައްޔާރުކުރަން ނަގާނީ ގިނަވެގެން 30 ދުވަހެވެ. އެއަށް ފަހު ފަސް ވަރަކަށް ދުވަހުގެ ތެރޭގައި ޝިޕް ކުރެވި، ކަނޑުމަގުން ރާއްޖެ ގެންނަން ދަތުރަށް ނަގާނީ 25 ވަރަކަށް ދުވަހެވެ. އެހެންކަމުން، ކަސްޓަމަރު އޯޑަރު ކޮންފާމް ކުރާތާ 70 ދުވަސް ވާއިރު ލިފްޓް ހުންނާނީ މާލެ ގެނެވި، އޯޑަރު ދިން ލޮކޭޝަނަކަށް ގެންގޮހެވެ.

"އަޅުގަނޑު ވަރަށް ހިތްހަމަޖެހުމާ އެކު ދަންނަވާނީ، އަޅުގަނޑުމެންގެ ކުންފުނިން ސާވިސްކޮށް ބަލަހައްޓާ 94 ކަސްޓަމަރުންގެ ލިފްޓުތައް ހުރިއިރު، ހިތްހަމަނުޖެހިގެން އެހެން ފަރާތެއްގެ ސާވިސް ހޯދަން ދިޔަ އެންމެ ކަސްޓަމަރެއް ވެސް މިހާތަނަށް ނެތް،" މެގަބޮކްސްގެ އެމްޑީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ، އިންޝާﷲ، އެއްވެސް ކަސްޓަމަރަކު ބާކީ ނުކޮށް، އެންމެންނަށް ވެސް އެންމެ ފުރިހަމައަށް ހިދުމަތް ދިނުމުގައި ދެމިތިބުން،" އޭނާ ވިދާޅުވި އެވެ.

މެގަބޮކްސްއިން އިންސްޓޯލް ކޮށްދޭ މޭފޯޑް ބެރޭންޑުގެ ލިފްޓަކީ އެމެރިކާގެ ފޯޑް އާއި ޗައިނާގެ ކުންފުންޏެއްގެ ޖޮއިންޓް ވެންޗައަކުން އުފައްދައި، 48 ގައުމެއްގެ އެތައް ސިޓީއެއްގައި ކާމިޔާބުކަމާއި ސަލާމަތްތެރިކަމާ އެކު ބޭނުންކުރަމުން އަންނަ، ކޮލިޓި، އުމުރު ދިގު، ކަސްޓަމަރުންގެ ޖީބަށް ލުއި އަގެއްގެ، ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެކެވެ.

"މޭފޯޑް" ގެ މޮޑެލްތަކުގެ ލިފްޓްތަކަކީ ކަރަންޓު ބޭނުންކުރާ މިންވަރު ކުޑަކޮށްދޭ، އެނާޖީ އެފިޝެންޓު ލިފްޓެކެވެ. އޭގައި ހިމެނޭ ވީވީވީއެފް ފަންކްޝަނުގެ ސަބަބުން މިއީ އެހެން ބްރޭންޑުތަކާ އަޅާބަލާއިރު ކަރަންޓުގެ ހަރަދު ވަރަށް ބޮޑުތަނުން ކުޑަ ލިފްޓެކެވެ. "މޭފޯޑް" ލިފްޓަކީ ސްމާޓް ކޮންޓްރޯލް ސިސްޓަމް ހިމެނޭ، ބޭނުން ކުރަން ފަސޭހަ، އިމަޖެންސީ ބްރޭކްސް އާއި، ކަރަންޓު ކެނޑިއްޖެ ހާލަތެއްގައި އިމަޖެންސީކޮށް ދޮރު ހުޅުވޭގޮތަށް ބެޓެރީ ހަރުކުރެވިފައިވާ، އަދި މިނޫން ވެސް ރައްކާތެރިކަން ކަށަވަރުކުރުމަށް ހުންނަން ޖެހޭ އެކި ސިފަތައް ހިމެނޭ ލިފްޓެވެ. އެ ބްރޭންޑުގައި އެކި ސައިޒުތަކުގެ، އެކި ޑިޒައިންތަކުގެ ލިފްޓު ހުރެ އެވެ. އިމާރާތުގެ ޖާގައަށް އެންމެ އެކަށީގެންވާ ގޮތަށް، ތަނުގެ ފިނިޝިންއާ ގުޅޭ ޑިޒައިނަކަށް "މޭފޯޑް"ގެ ލިފްޓުތައް ކަސްޓަމައިޒްކުރެވެ އެވެ.

"މިހާރުވެސް އަޅުގަނޑުމެންގެ ހުރިހާ ލިފްޓެއްގެ ސްޕެއާ ޕާޓްސް ވަރަށް ރަނގަޅުވާނެ. ކަސްޓަމަރު އެދިގެން ލިފްޓުގެ ސްޕީޑް ބާރުކުރާކަށް އަޅުގަނޑުމެން އިތުރު ޗާޖެއް ނުނަގާނަން. އެ އިމާރާތެއް ނުވަތަ އެ ލިފްޓެއްގެ ހުރި އެންމެ މަތީ ކެޕޭސިޓީއަކަށް، އެންމެ ބާރު ސްޕީޑް އަޅުގަނޑުމެން ދޭނަން،" އެކުންފުނިން ބުންޏެވެ.

މެގަބޮކްސްއިން ލިފްޓު ބަހައްޓައިދިނުމުގެ ހަރަދުތައް ލުއި ކޮށްދިނުމުގެ ގޮތުން, ލިފްޓުގެ ޑައުން ޕޭމަންޓު ދެއްކުމުން، އިންސްޓޯލްމަންޓުތަކަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދެ އެވެ. އެ ކުންފުނިން ގެންގުޅޭ "މޭފޯޑް" ބްރޭންޑުގެ ލިފްޓުތަކަކީ އާއްމުކޮށް މާކެޓުގައި ހުރި ބްރޭންޑުތަކުގެ ލިފްޓުތަކުގެ އަގާ އަޅާބަލާއިރު، ކަސްޓަމަރުންގެ ޖީބަށް ލުއި، ފަސޭހަ ލިފްޓުތަކެކެވެ. އާއްމުކޮށް ހަ މީހުންނަށް އެއްފަހަރާ ބޭނުންކުރެވޭ ލިފްޓުތައް އެހެން ބައެއް ކުންފުނިތަކުން 8 ލައްކަ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކާއިރު، މޭފޯޑުގެ މިފެންވަރުގެ ލިފްޓެއްގެ އަގު، އިންސްޓޯލްކުރުމާއި އެއް އަހަރު ދުވަހުގެ ހިލޭ ސާވިސްއާ އެކު، އުޅޭނީ 400،000ރ. ރުފިޔާ އާއި 590،000ރ. އާ ދެމެދުގެ އަގެއްގަ އެވެ. "މޭފޯޑް" ލިފްޓާ އެކު އިމާރާތްތަކުގެ ވެރިންގެ އަތުން ބޮޑު ހަރަދެއް ސަލާމަތް ވާއިރު، މިއީ އެހެން ބްރޭންޑުތަކުގެ ކޮލިޓީއާ އެއް ހަމައެއްގައި ހިދުމަތް ދެވޭ، މޮޅު ލިފްޓެކެވެ.

މާފުށީގައި ހުންނަ 13 ބުރީގެ އައިކޮމް ހޮޓެލް އާއި މާލެ އަދި ހުޅުމާލޭގެ ރެޒިޑެންޝަލް އަދި އެކި އޮފީސް އިމާރާތްތަކުން ވެސް މެގަބޮކްސް މެދުވެރިކޮށް ލިފްޓު ވަނީ ބަހައްޓައިފަ އެވެ. މިހާތަނަށް މާފުށީގައި މޭފޯޑުގެ 3 ލިފްޓް، މެގަބޮކްސް އިން ބަހައްޓާފައިވާ އިރު، ކުރިއަށް އޮތް 12 ވަރަކަށް މަސް ދުވަހުގެ ތެރޭ، މަދުވެގެން، އިތުރު 9 ލިފްޓް މެގަބޮކްސް އިން މާފުށިގައި ބަހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މެގަބޮކްސްގެ އަމާޒަކީ އެ 9 ލިފްޓް ހަރުކުރެވުމުން، ކުރިމަގުގައި، މާފުށީގައި މެގަބޮކްސްގެ އިންޖިނިއަރިން ޓީމެއް ބޭސްކޮށްފައި ބޭތިއްބުމެވެ. މަގްސަދަކީ ކަސްޓަމަރުންނާ ކައިރިން، އަވަސްކަމާ އެކު، މާފުށީގައި ވެސް، މާލެއެކޭ އެއްފަދައިން ލިފްޓު އިންސްޓޯލްކޮށް ސާވިސް ކުރުމުގެ ހިދުމަތްދީ، ދިމާވާ މައްސަލަތައް އަވަސްކަމާ އެކު ހައްލު ކުރުމެވެ.

މާފުށީގެ އިތުރުން އެންސިސް މަސް ކުންފުނީގެ ކާގޯ ލިފްޓަކަށް ވެސް ހިޔާރުކޮށްފައި ވަނީ "މޭފޯޑް" ބްރޭންޑުގެ ކާގޯ ލިފްޓެވެ. މެގަ ބޮކްސްގެ މެނޭޖިން ޑިރެކްޓަރު އެމޯގެ އަމާޒަކީ ހއ.ތުރާކުން އައްޑޫ ސިޓީއާ ހަމައަށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެންމެ ކޮލިޓީކޮށް، އެންމެ ރަނގަޅު އަގެއްގައި ލިފްޓް އިންސްޓޯލްކޮށް ސާވިސް ކޮށްދޭ ކުންފުނީގެ ގޮތުގައި މެގަބޮކްސް ސާބިތުކޮށް، އެގޮތުގައި ދެމި އޮތުމެވެ.

"އަޅުގަނޑުމެން ކުންފުނީގެ ސިޔާސަތަކީ، ހުރިހާ އެއްޗަކީ ފައިސާ ނޫންކަމުގެ ސިޔާސަތު. އެހެންކަމުން ލިފްޓަކަށް ކަމެއް ދިމާވެގެން އެއްވެސް ފަރާތަކުން ގުޅައިފި ނަމަ، އެއީ އަދި ސީދާ މެގަބޮކްސްގެ ކަސްޓަމަރަކަށް ނުވިއަސް، މާ ބޮޑު މަސައްކަތަކަށް ނުވާ ނަމަ، އަޅުގަނޑުމެން އެކަމެއް ހަމަ ހިލޭ ކޮށްދޭނަން،" އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

މެގަބޮކްސް އަކީ ލިފްޓު ބަހައްޓައިދިނުމުގެ އިތުރުން ރާއްޖޭގައި މަދުން ލިބެން ހުންނަ ހިދުމަތެއް ކަމަށްވާ އެސްކަލޭޓާ ބަހައްޓައިދިނުމުގެ ހިދުމަތް ވެސް ދޭ ކުންފުންޏެކެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ލިފްޓާ ގުޅުން ހުރި ހުރިހާ ހިދުމަތްތަކެއް ރާއްޖެއަށް ފޯރުކޮށްދިނުމަށެވެ.

މެގަބޮކްސްއިން ހެޔޮ އަގުގައި ލިފްޓު ބަހައްޓައި ދިނުމުގެ ހިދުމަތް ދޭ އިރު، މި ހިދުމަތަކީ ވާދަވެރި އެހެން ކުންފުނިތަކާ އެއް ފެންވަރެއްގެ ނުވަތަ އެއަށް ވުރެ ރަނގަޅު ހިދުމަތްތަކެއް ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ. އެ ކުންފުނިން ބަހައްޓައިދޭ ލިފްޓުތަކަށް، ލިފްޓު ބަހައްޓައިދޭ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް، ހިލޭ ސާވިސް ކޮށްދިނުމުގެ ހިދުމަތް ދެ އެވެ.

މެގަބޮކްސް މެދުވެރިކޮށް ލިފްޓު ބަހައްޓަން ބޭނުންވާ ނަމަ އޯޑަރު ކޮންފާމް ކުރާތާ 70 ދުވަސް ތެރޭގައި ކަސްޓަމަރު ބޭނުންވާ ސައިޓަކަށް ލިފްޓް ގެންގޮސްދޭނެ އެވެ. އެއަށް ފަހު، ކަސްޓަމަރު ބޭނުންވާ އެންމެ އަވަސް މިނެއްގައި މެގަބޮކްސްގެ ގާބިލް އިންޖިނިއަރުންގެ ޓީމުން ލިފްޓު އިންސްޓޯލްކޮށް ނިންމައިދޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ. މެގަބޮކްސްގެ ހިދުމަތްތަކަށް އެދުމަށް، ނުވަތަ އިތުރު މައުލޫމާތު ހޯދުމަށް، އެކުންފުނީގެ ހޮޓްލައިން 7783915 އާއި 7981897، އަދި[email protected]އިން ލިބޭނެ އެވެ. ލިފްޓާ ބެހޭ ކޮންމެ ކަމެއް ވިއަސް އެންމެ ފުރަތަމަ ގުޅާ ފަރާތަކީ، އިތުބާރު ހިފޭ، ޖީބަށް ލުއި، ކޮލިޓީ ހިދުމަތެއްދޭ މެގަބޮކްސް ކަމުގައި ހައްދަވާށެވެ.

ނޯޓު: މިއީ މެގަބޮކްސްގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.