ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާ ހިނގީ އެމްޕީއެލްގެ ހާލަތު ދަށް ކަމުން: ނާޒިމް
ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާ ހިނގީ އެމްޕީއެލްގެ ހާލަތު ދަށް ކަމުން: ނާޒިމް

މާލޭ ބަނދަރުގައި އޮތް ބޯޓަކުން ކޮޅުވެއްޓިއަކަށް އެކްސްކަވޭޓަރުތަކެއް އެރުވި ފަހުން އެޖަސްޓް ކުރަން އުޅުމުގެ ތެރޭގައި ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ދެ މީހަކު މަރުވި ހާދިސާ ހިނގީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހާލަތު ދަށްވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާ ހިނގީ އެމްޕީއެލްގެ ހާލަތު ދަށް ކަމުން: ނާޒިމް
ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާ ހިނގީ އެމްޕީއެލްގެ ހާލަތު ދަށް ކަމުން: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި އެމްޕީއެލްގެ މައްސަލައެއް ހިމެނޭ ކަމަށާއި އެ މައްސަލައިގެ ތެރެއިން ފެނުނީ ކުންފުންޏެއް މެނޭޖްކުރަންވާ ގޮތް ނޫން ގޮތްގޮތަށް މެނޭޖްކުރުމުގެ މިސާލެއް ކަމަށެވެ. ނަމަވެސް އެއީ މަޖިލީހުގެ ކޮން ކޮމިޓީއަކުން ބަލަމުން އަންނަ، އެމްޕީއެލްގެ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެެ.

"[އެމްޕީއެލްގައި] މިއަދު އެކައްޗެއް ވެސް ނެތް، އެތަނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތެއް ވެސް ނެތް. އެންމެ ފަހުން ވެސް އިހަށް ދުވަހު ހިނގި ހިތާމަވެރި ހާދިސާ، ކޮޅުވެއްޓިއެއް ބަންޑުންޖަހާލި ހާދިސާ ދިމާވީ ވެސް އެ ބޯޓުން ބޭލި މުދާ ހިފަހައްޓާވަރުގެ ސްޓްރެންތު، މިހާރު އޮތް ކީވޯލްގައި ނެތިގެން، ބޯޓު ކައިރިކުރާ މަގަތުފާލަމުގައި ނެތް އެ މުދާ ބޭލޭހާ، ބަރުދަން ހިފެހެއްޓޭހާ މިންވަރެއް،" ނާޒިމް ވިދާޅުވި އެވެ.

ކޮޅުވެއްޓީ ބަންޑުން ޖަހާލި ހާދިސާ ހިނގުމުގެ އެއް ސަބަބަކީ ބޯޓުން ސީދާ ކޮޅުވެއްޓިއަަށް އެކްސްކަވޭޓަރުތައް އެރުވުން ކަމަށް ވާތީ، އޭނާ އެ ވިދާޅުވީ އެގޮތަށް ކަންތައް ކުރަން ޖެހުނު ސަބަބުކަމަށް ބެލެވެ އެވެ.

ނާޒިމަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރަން އެކުލަވައިލި ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އެމްޕީއެލްއާ ބެހޭ ގޮތުން މަޖިލީހުން ހޯދި ހޯދުންތައް ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ އެެމްޕީއެލް އަކީ 2015 އިން 2018، 2019 އާ ހިސާބަށް ވަރަށް ރަނގަޅު ބޭންކް ބެލެންސެއް ހުރި ކުންފުންޏެއް ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ހާލަތު ގޯސްވީ އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ބޭންކް ބެލެންސްގެ ގޮތުގައި ހުރި ފައިސާ އެ ކުންފުނީގެ މުވައްޒަފުންނަށް ފްލެޓް ދޭން ހުޅުމާލެ 2 ގައި ޓަވަރުތައް ހެދުމުންނެވެ.

"އެމްޕީއެލްގެ މުވައްޒަފުންގެ ޓަވަރުތައް ހެދުމަށް އެ ލާރި ހުސްކޮށްލީ އިނގޭތޯ. އެ މަޝްރޫއު ފެށީ އެއީ ކޮންޓްރެކްޓާ ފައިނޭންސާ މަޝްރޫއެއް ގޮތަށް ކިޔައިގެން. އެހެން ނަމަވެސް ވަކި ހިސާބަކުން ކޮންޓްރެކްޓަރަކަށް ފައިނޭންސެއް ނުގެނެވުނު،" ނާޒިމް ވިދާޅުވި އެވެ.

ކޮންޓްރެކްޓަރަށް ފައިސާ ނުޙޯދުމުން ދެން ނިންމީ ފްލެޓް ލިބޭ މީހުންގެ ނަމުގައި ލޯނު ނަގައިގެން އިމާރާތް ނިންމަން ކަމަށާއި ނަމަވެސް އެ ނިންމުން ސަރުކާރުން ބަދަލުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އޭގެ ކުރިން އެމްޕީއެލްއަކީ ވަރަށް މުއްސަނދި ކުންފުންޏެއް ކަމަށާއި ތިލަފުށީގައި ބިންހިއްކަން އެޗްޑީސީއަށް ވެސް އެ ކުންފުނިން ފައިސާ ދިން ކަމަށެވެ.