ރައީސް، މާލޭގެ ރައްޔިތުންނާއި ވިޔަފާރިވެރިން ގާތަށް
ރައީސް، މާލޭގެ ރައްޔިތުންނާއި ވިޔަފާރިވެރިން ގާތަށް

މާލޭގެ ހުރިހާ އަވަށްތަކާއި ހުޅުމާލޭގައި އުޅޭ މީހުންނާއި ވިޔަފާރިވެރިންނާ އެކު އަންނަ ހަފުތާ އިން ފެށިގެން ބައްދަލު ކުރައްވަމުން ގެންދަވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.

ރައީސް، މާލޭގެ ރައްޔިތުންނާއި ވިޔަފާރިވެރިން ގާތަށް
ރައީސް، މާލޭގެ ރައްޔިތުންނާއި ވިޔަފާރިވެރިން ގާތަށް

މި ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ހަފުލާގައި ރައީސް ވިދާޅުވީ، ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އެ ރަށްރަށުގެ ރައްޔިތުންނާ އެ މަނިކުފާނު މިދިޔަ ދެ އަހަރުގެ ތެރޭގައި ބައްދަލު ކުރައްވާފައިވާ ކަމަށާއި ދެން އޮތީ މާލެ އާއި އެކި ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުން ކަމަށެވެ.

ރައީސް، މާލޭގެ ރައްޔިތުންނާއި ވިޔަފާރިވެރިން ގާތަށް
ރައީސް، މާލޭގެ ރައްޔިތުންނާއި ވިޔަފާރިވެރިން ގާތަށް

ރައީސް ވިދާޅުވި ގޮތުގައި، މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ވަކިވަކިން ބަހާލައިގެން ބައްދަލުވުންތައް ބާއްވަން އެ މަނިކުފާނު ފައްޓަވާނީ އަންނަ ހަފުތާގަ އެވެ. އަދި ވަގުތު ލިބިވަޑައިގަންނަވާ ވަރަކުން ހަފުތާއަކު ދެ ދުވަހު ވެސް ބައްދަލު ކުރެއްވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް، މާލޭގެ ރައްޔިތުންނާއި ވިޔަފާރިވެރިން ގާތަށް
ރައީސް، މާލޭގެ ރައްޔިތުންނާއި ވިޔަފާރިވެރިން ގާތަށް

"ކޮންމެ އަވަށެއް ވަކިން އިރާދަކުރެއްވިއްޔާ މަޝްވަރާ ބައްދަލުވުންތަކެއް ވަރަށް އަވަހަށް އެބަ ފަށަން. އޭރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި މާލޭ ރަށްވެހިންނަށް ފުރުސަތު ލިބޭނެ އެ އަވަށެއްގެ ބައްދަލުވުމަށް ވަޑައިގެން އަޅުގަނޑާ އެކީގައި އެ ބޭފުޅުން ބޭނުންވާ ކަންކަން ހިއްސާކޮށް، މަޝްވަރާކޮށް، އެ ބޭފުޅުންގެ ހިޔާލުތައް ދޭން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު އިއުލާން ކުރެއްވި ގޮތުގައި މާލޭގައި އުޅޭ ވިޔަފާރިވެރިންނާ އެކު ވެސް ބައްދަލުވުންތަކެއް ވަރަށް އަވަހަށް ފައްޓަވަން ވަނީ ނިންމަވައިފަ އެވެ. އޭގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާއަކަށް ވާނީ މަޝްވަރާ ކުރެވިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން މާލޭގައި ވެސް ވުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

މާލޭގެ މޭޔަރުކަން ވެސް ކުރެއްވި ރައީސް މުއިއްޒު ވިދާޅުވީ، މާލޭގައި ކަންކަން ރަނގަޅަށް ނުދާ މައްސަލަތައް އެކި ފަރާތްތަކުން އެ މަނިކުފާނާ ހިއްސާ ކުރަމުން ގެންދާ ކަަމަށެވެ. އެހެންވެ، މީގެ ކުރިން ވެސް އަމަލުކުރި ގޮތަށް ސަރުކާރާއި މާލޭގެ ރައްޔިތުން ގުޅިގެން ކަންކަން ފަހިކުރުމުގެ މަސައްކަތްތަކެއް ކުރައްވަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނު އަބަދުވެސް ގައުމުގެ ކަންކަން ކުރިއަށް ގެންދަވަނީ މަޝްވަރާ ކުރައްވައިގެންނެވެ. ރަށްރަށަށް ވަޑައިގަންނަވަނީ ވެސް އެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓަޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާއިރު ރައީސް މިރޭ ވިދާޅުވީ، ކޮންސަލްޓަންޓާ އެކު ހުރިހާ ރަށެއްގައި މިހާރު މަޝްވަރާ ބައްދަލުވުންތައް ވެސް ބާއްވާފައިވާ ކަމަށެވެ.

"އެއީ 191 ޕަބްލިކް ކޮންސަލްޓޭޝަން ނުވަތަ މަޝްވަރާ ބާއްވައިފި. ސަތޭކަ އަށް ވުރެ ގިނަ މުއައްސަސަސާއާ އެކު މަޝްވަރާ ބާއްވައިފި. އަދި އޭގެ އިތުރަށް އެކްސްޕާޓް ރައުންޑް ޓޭބަލް ޑިސްކަޝަންތައް ވެސް، 19 ޑިސްކަޝަން ބާއްވައިފިން. ނުވަދިހަ ހަ ފޯކަސްޑް ގުރޫޕް މީީޓިން އެއީ ޒުވާނުންނާއި އަންހެނުންނާއި ބިޒްނަސްމަނުންނާއި މިހެން ގޮސް އެކި ފަރާތްތައް ހިމެނޭ ހެން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓަޕްލޭން ތައްޔާރުކުރާއިރު، އެ މަނިކުފާނު ބޭނުންފުޅުވަނީ އެންމެންގެ ހިޔާލާއި މަޝްވަރާއާ އެކު އެކަން ކުރުމަށް ކަމަށެވެ.

"ތިމަންނަ ވެސް އެ އަށް އެއްޗެއް ބުނެފައި އޮތް އެއްޗެކޭ މި ހަދަނީ. އެހެންވެ، އެ ކަމަށްޓަކައި ހުރިހާ ރަށަކާ މީޓް ކުރެވިއްޖެ. ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުންނާ ބައްދަލުވެއްޖެ މިހާރު. ކަމާ ގުޅޭ ހުރިހާ ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށްފި، އެކްސްޕާޓުންނާ ބައްދަލުކޮށްފި، ހުރިހާ މުއައްސަސާތަކާ ބައްދަލުކޮށްފި،" މާސްޓަޕްލޭން އެކުލައިލުމުގެ މަޝްވަރާއާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ މަޝްވަރާތަކާ އެކު، 20 އަހަރުގެ މާސްޓަޕްލޭންގެ ފުރަތަމަ ޑްރާފްޓް އަންނަ އަހަރުގެ ފެބްރުއަރީ މަހު ނިންމާނެ އެވެ. އަދި އޭގެ ކުޑަދުވަސްކޮޅެއް ފަހުން ފައިނަލް ޑްރާފްޓް ނިންމާނެ ކަމަށް ވިދާޅުވި އެވެ.