ފިންޓެކާ އެކު މުޅި ރާއްޖެއަށް އިގްތިސާދީ ގިނަ ކުރިއެރުންތަކެއް ލިބޭނެ: ނިޔާޒް
ފިންޓެކާ އެކު މުޅި ރާއްޖެއަށް އިގްތިސާދީ ގިނަ ކުރިއެރުންތަކެއް ލިބޭނެ: ނިޔާޒް

ރާއްޖޭގެ ޑިޖިޓަލް ފައިނޭންސް އަދި ފިންޓެކުގެ އީޖާދުތަކާ އެކު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވިޔަފާރިތައް ތަރައްގީކުރެވި، އިގްތިސާދު ކުރިއަރައިދާނެ ކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވިދާޅުވެއްޖެ އެވެ.

ފިންޓެކާ އެކު މުޅި ރާއްޖެއަށް އިގްތިސާދީ ގިނަ ކުރިއެރުންތަކެއް ލިބޭނެ: ނިޔާޒް
ފިންޓެކާ އެކު މުޅި ރާއްޖެއަށް އިގްތިސާދީ ގިނަ ކުރިއެރުންތަކެއް ލިބޭނެ: ނިޔާޒް

އިއްޔެ ވިލާ ނޯޓިކާގައި، ޕޮލިސީ މޭކަރުންނާއި މާލީ ދާއިރާގައި މަސައްކަތްކުރާ އިސް ފަރާތްތަކާ އެކު ބޭއްވި އެ ޕެނަލް ޑިސްކަޝަނުގައި ނިޔާޒް ވިދާޅުވީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގައި ޑިޖިޓަލް ފައިނޭންސިން އަކީ އެންމެ ބާރުގަދަ އެއް ވަސީލަތަށް ވާނެ ކަމަށެވެ.

"ޑިޖިޓަލް ފައިނޭންސަކީ އަޅުގަނޑުމެން ކަހަލަ ގައުމެއްގައި ހަމަހަމަ ފުރުސަތުތަކެއް ގާއިމް ކުރުމަން ބޭނުން ކުރެވޭނެ އެންމެ މުހިންމު އެއް ވަސީލަތް. ކައިރި މުސްތަގުބަލެއްގައި އެމް-ފައިސާ އާއި ޕޭޕަލް އިންޓަގްރޭޓް ކުރެވިގެން ދިއުމުން ކޮންމެ ރަށެއްގެ ފްރީލާންސަރުންނާއި ފަންނުވެރިންނާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ މާކެޓްތަކާއި އާމްދަނީ ހޯދުމާއި އާ ފުރުސަތުތައް ފަހިވެގެންދާނެ. ކޮންމެ މުޖުތަމައެއްވެސް ޑިޖިޓަލް އިކޮނޮމީގައި ބައިވެރިއަކަށް ވަނީ މިހެން،" ނިޔާޒް ވިދާޅުވި އެވެ.

"ރީތިންކިން އިކޮނޮމިކް ގްރޯތު ބިޔޯންޑް ޓޫރިޒަމް" ގެ ނަމުގައި އޮތް އެ ޕެނަލް ޑިސްކަޝަންގައި ނިޔާޒް ވިދާޅުވީ ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި އުމްރާނީ ތަރައްގީގެ ހަރަދު ބޮޑުވުމާއި ޑިޖިޓަލް ހުނަރުވެރުވެރިންނަށް ހުރި ފަރަގުތަކާއި ޑިޖިޓަލް ނިޒާމުތައް ބައިބައިވުން ފަދަ ގޮންޖެހުންތަކަށް ހައްލު ހޯދަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.

"މިއީ އެއްވެސް ފަރާތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން. ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް އީޖާދީ ފުރުސަތުތައް ފޯރުކޮށްދިނުމަށް ޕްރައިވެޓް ސެކްޓާއާ އެކު ހަރުދަނާ ޕާޓްނާޝިޕެއް ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެ ޕެނަލް ޑިސްކަޝަނުގައި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ، ޑިޖިޓަލް މޯލްޑިވްސްއެއް ބައްޓަން ކުރާނީ ހަމައެކަނި ޓެކްނޮލޮޖީއެއް ނޫން ކަމަށާއި ކަންކަން ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކޮންމެ ދިވެއްސަކަށް ވެސް ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫން އެހީވެދޭނެ ކަމަށް ވިދާޅުވި އެވެ.

މި ސެޝަންގައި ނިޔާޒް ވަނީ އެމް-ފައިސާ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދީ، މުޅި ރާއްޖެ ކަނެކްޓިވިޓީ ފުޅާކޮށް، ފައިނޭންޝަލް އިންކްލޫޝަން ޕްރޮމޯޓުކުރުމަށް އުރީދޫން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އުރީދޫން އެމްފައިސާއާ ޕޭޕަލް އިންޓަގްރޭޓްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، މިއީ ދިވެހިންނަށް ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާ އެކު ކުރުމަށް ތަނަވެސްވެގެން ދާނެ މަގެކެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފްރީލާންސަރުންނާއި ގެސްޓްހައުސްތަކާއި ކުދި ވިޔަފާރިތަކާއި އުފެއްދުންތެރި ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެކެވެ.

އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ސަރުކާރުގެ އިދާރާތަކާއި، ރެގިއުލޭޓަރުން އަދި ޕްރައިވެޓް ސެކްޓާ ގުޅިގެން މަސައްކަތްކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.