ރޮނާލްޑޯ ނެތި ބްރުނޯ އާއި ނޭވެސްގެ ހެޓްރިކްތަކުން ޕޯޗުގަލް ވޯލްޑް ކަޕަށް!
ރޮނާލްޑޯ ނެތި ބްރުނޯ އާއި ނޭވެސްގެ ހެޓްރިކްތަކުން ޕޯޗުގަލް ވޯލްޑް ކަޕަށް!

ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ޖޮއާއޯ ނޭވެސް އާއި ބްރުނޯ ފެނާންޑޭޒްގެ ހެޓްރިކްތަކުން ޕޯޗުގަލް ވޯލްޑް ކަޕުން ޖާގަ ހޯދައިފި އެވެ.

އަރްމީނިއާގެ މައްޗަށް ޕޯޗުގަލްއިން ރޭ އަރްމީނިއާގެ މައްޗަށް ކުރި ހޯދީ 9-1 ންނެވެ.

އެ މެޗުގައި ބްރުނޯ އާއި ނޭވެސް ވަނީ ކޮންމެ ކުޅުންތެރިޔަކު ހެޓްރިކް ހަދައިފަ އެވެ. ބްރުނޯގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑަކީ ޕެނަލްޓީން ޖެހި ލަނޑުތަކެވެ.

ޕޯޗުގަލްގެ އަނެއް ތިން ލަނޑު ޖެހީ ރެނާޓޯ ވޭގާ، ގޮންސާލޯ ރާމޯސް އަދި ފްރެންޗެސްކޯ ކޮންސެސާއޯ އެވެ.

އަންނަ އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ވޯލްޑް ކަޕް، ޕޯޗުގަލްގެ ޓީމުން އެންމެ ހާއްސަ ވާނެ ކުޅުންތެރިޔަކީ ރޮނާލްޑޯ އެވެ. އޭރު އޭނާ އަށް 41 އަހަރު ފުރޭނެ އެވެ.

މިދިޔަ ހަފުތާގައި އަޔަލެންޑް އަތުން ޕޯޗްގަލް ބަލިވި މެޗުގައި ރޮނާލްޑޯ އަށް ދެއްކި ރަތް ކާޑާ އެކު ރޭ، ޕޯޓޯގައި ކުޅުނު މެޗަށް އޭނާ ހުރީ ސަސްޕެންޝަނުގަ އެވެ. ވޯލްޑް ކަޕްގައި އެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި ވެސް ރޮނާލްޑޯ އަށް އެ ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭނެ އެވެ.

ރޮނާލްޑޯ ބުނެފައި ވަނީ އޭނާ އަނިޔާގައި ނެތް ނަމަ، އަންނަ އަހަރު ވޯލްޑް ކަޕަށް ދާއިރު ފިޓްކޮށް ހުންނަން މަސައްކަތް ކުރާނެ ކަމަށެވެ.