ސިއްހީ ދިރާސާ އަށް އިސްކަންދެން، ބޭނުމީ އެއްބާރުލުން: ދުންޔާ
ސިއްހީ ދިރާސާ އަށް އިސްކަންދެން، ބޭނުމީ އެއްބާރުލުން: ދުންޔާ

ސިއްހީ ދާއިރާގެ މައްސަލަތައް ދެނެގަނެވޭނީ ދިރާސާތައް ކޮށްގެން ކަމަށްވުމުން އެކަމަކީ ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަން ދޭ ކަމެއް ކަމަަށާއި ކަމާ ބެހޭ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ސިއްހީ ދިރާސާ އަށް އިސްކަންދެން، ބޭނުމީ އެއްބާރުލުން: ދުންޔާ
ސިއްހީ ދިރާސާ އަށް އިސްކަންދެން، ބޭނުމީ އެއްބާރުލުން: ދުންޔާ

ވޯލްޑް ހެލްތް އޯގަނިޒޭޝަން (ޑަބްލިއުއެޗްއޯ) އާއި ހެލްތް މިނިސްޓްރީ ގުޅިގެން ބޭއްވި ތަމްރީން ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ މީގެ ކުރިން ވެސް ކަމާބެހޭ މުއައްސަސާތަކުން ސިއްހީ ދާއިރާއާ ގުޅޭ ދިރާސާތައް ހަދާފައިވާ ކަަމަށާއި އަދި ކޮލެޖު ޔުނިވާސިޓީތަކުން ވެސް ދިރާސާ ހަދާފައިވާކަމަށެވެ.

ސިއްހީ ދިރާސާ އަށް އިސްކަންދެން، ބޭނުމީ އެއްބާރުލުން: ދުންޔާ
ސިއްހީ ދިރާސާ އަށް އިސްކަންދެން، ބޭނުމީ އެއްބާރުލުން: ދުންޔާ

މާބްލް ހޮޓެލްގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ ސިއްހީ ދާއިރާއާ ގުޅޭ މަސައްކަތް ކުރާ އިރު އިދާރާތަކާ ގުޅުން ބަދަހި ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އަދި އެ މައުލޫމާތުތައް އެކަށީގެންވާ ގޮތުގައި ފޯރުކޮށްދެވޭނެ ކަން އޭނާ ފާހަގަަކުރެއްވި އެވެ.

ސިއްހީ ދިރާސާ އަށް އިސްކަންދެން، ބޭނުމީ އެއްބާރުލުން: ދުންޔާ
ސިއްހީ ދިރާސާ އަށް އިސްކަންދެން، ބޭނުމީ އެއްބާރުލުން: ދުންޔާ

"ސިއްހީ ދާއިރާ ކުރިއަރުވަން މި ކުރާ މަސައްކަތުގައި އެންމެން ބައިވެރިވެ، ގުޅިގެން މަސައްކަތް ކުރަން ގޮވާލަން. ރަނގަޅު ހިދުމަތެއް ދެވޭނީ އެ ކަންތައްތައް ކުރެވިގެން،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ދިމާވެދާނެ ދަތިތަކަށް ހޭލުންތެރިވެ، ދިރާސާކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަން ޖެހޭ ކަމަށެވެ. އަދި އާއްމުންގެ ފަރާތުން ސިއްހީ ދާއިރާއާ މެދު ބޮޑު އުއްމީދެއް ކުރާ ކަމަށާއި އެ އުއްމީދުތަކާ ހަމަ އަށް ވާސިލްވުމަށް ސަރުކާރުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"ސިއްހީ މައުލޫމާތުތައް ފޯރުކޮށްދިނުމުގެ މަސައްކަތާއި ދިރާސާ ކުރުމުގެ ގާބިލްކަން އިތުރުކުރަން އަދި ވެސް ވަރަށް ގިނަ ކަންތައްތައް ކުރަން އެބަހުރި،" ދުންޔާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ނުވަ އަހަރުގެ ސިއްހީ ޕްލޭނުގެ ތެރެއިން، ސިއްހީ މައުލޫމާތު ފޯރުކޮށްދޭނެ ނިޒާމް ހަރުދަނާކުރުމަކީ އެންމެ މުހިއްމު ސަމާލުކަން ދޭ އެއް ކަންތައްތައް ކަން ދުންޔާ ފާހަގަކުރެއްވި އެވެ.

"ޓްރެއިނިން އޮން ހެލްތް ރިސާޗް ޕްރޮޕޯސަލް އެޕްރައިސަލް" ނަމުގައި ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޓްރެއިނިންގައި ކޮލެޖު ޔުނިވާސިޓީތަކާއި އައިޖީއެމްއެޗް އަދި ހެލްތް މިނިސްޓްރީގެ 25 މުވައްޒަފުން ބައިވެރިވި އެވެ. މި ތަމްރީނު ޕްރޮގްރާމުގައި މައުލޫމާތު ދިނީ އިންޑޮނޭޝިއާގެ ޔުނިވަސިޓީގެ ބޭފުޅުންނެވެ.

ހެލްތް މިނިސްޓްރީން ބުނީ 2012 އަދި 2014 ވަނަ އަހަރު ވެސް މިފަދަ ތަމްރީނު ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގައި ވެސް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ދިރާސާތައް ކުރެވޭ އަދަދު އިތުރުވެގެން ދިޔަކަން ފާހަގަކޮށްފައި ވެ އެވެ. އަދި ރައްޔިތުންގެ ސިއްހަތަށް އެންމެ ފައިދާވާނެ ގޮތަށް ރާއްޖޭގެ ސިއްހީ ސިޔާސަތުތައް ހެދުމަށް މަގު ފަހިވެގެން ދިޔަކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.