"ޝާމިލް 2025"ގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ
"ޝާމިލް 2025"ގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އިސްރަށްވެހިންގެ ނާދީގެ މެންބަރުންގެ އުފެއްދުންތަކާއި ހުނަރުތައް ދައްކާލަން ނެޝަނަލް އާޓް ގެލެރީގައި ކުރިއަށްގެންދާ "ޝާމިލް 2025" އަށް އުރީދޫން އެހީތެރިކަން ދީފި އެވެ.

"ޝާމިލް 2025"ގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ
"ޝާމިލް 2025"ގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ

މި އެގްޒިބިޝަންގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ އެވެ.

"ޝާމިލް 2025"ގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ
"ޝާމިލް 2025"ގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ

"ޝާމިލް 2025" އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އިސްރަށްވެހިންގެ ނާދީގެ މެންބަރުންގެ އުފެއްދުންތަކާއި ހުނަރުތައް ދައްކާލައި އެ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލާ އެގްޒިބިޝަނެކެވެ. މި އެގްޒިބިޝަނުގައި ތަފާތު ކުރެހުންތަކާއި ތަފާތު އެކި ވައްތަރުގެ އަތްތެރި މަސައްކަތްތައް ހިމެނެ އެވެ. ރާއްޖެއާ ގުޅޭ އެކި މަންޒަރުތައް ހިމެނޭ ކުރެހުންތަކުގެ އިތުރުން އެ ތަނުގައި އަރަބި ޓައިޕޯގްރަފީ މަސައްކަތްތަކާއި އަތުން ހަދާފައިވާ ގަހަނާ އާއި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާނެ ތަފާތު އެކި ތަކެތި އެ އެގްޒިބިޝަނުގައި ހިމެނެ އެވެ.

"ޝާމިލް 2025"ގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ
"ޝާމިލް 2025"ގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ

މި މަހުގެ 13 ވަނަ ދުވަހު ފެށި މި އެގްޒިބިޝަންގެ އެންމެ ފަހު ދުވަހަކީ މިއަދެވެ. މި އެގްޒިބިޝަނަށް ހެނދުނު 10 އިން އިރުއޮއްސި 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް ވަދެވޭނެ އެވެ.

އުރީދޫން ބުނީ މިފަދަ އެގްޒިބިޝަނަކަށް އެއްބާރުލުން ދިނުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އަދި އެކުންފުންޏަކީ އެންމެންގެ ޝާމިލުވުން ހިމެނޭ މުޖުތަމައުއެއް ބިނާ ކުރުމަށް އެކި މަސައްކަތްތައް ކޮށް، މި ފަދަ އެކި މަސައްކަތްތަކަށް އެއްބާރުލުން ދޭ ކުންފުންޏެއް ކަމަށް ބުންޏެވެ.