ގައުމިއްޔަތާ ގުޅޭ ރިސާޗު ސްކޮލާޝިލް 40 މީހަކަށް ދީފި
ގައުމިއްޔަތާ ގުޅޭ ރިސާޗު ސްކޮލާޝިލް 40 މީހަކަށް ދީފި

އިސްލާމިކް ޔުނިވާސިޓީ އާއި ދިވެހި ލެންގުއެއިޖު މިނިސްޓްރީ ގުޅިގެން ހިންގާ ސިގްނޭޗާ ރިސާޗް ސްކޮލަޝިޕަށް ހޮވުނު 40 މީހަކާ ސްކޮލަޝިޕް ހަވާލުކޮށްފި އެވެ.

މިއީ އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އަށް ކިޔެވޭ ގޮތަށް ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުން ސްޕޮންސާ ކުރާ ޕްރޮގްރާމެކެވެ. އެ ކޯހުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ ތަރިކައާ ބެހޭ މަރުކަޒުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއުގެ ދަށުން ހިންގާ މި ޕްރޮގްރާމަށް 60 މީހަކު ކުރިމަތިލި އެވެ. އެކަމަކު އޭގެ ތެރެއިން ސްކޮލަޝިޕް ލިބުނީ 40 މީހަކަށެވެ.

އެ ސްކޮލަޝިޕުގެ ދަށުން ހިންގާ ދިރާސީ މަސައްކަތްތަކަށް ދެ އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. ތަރިކަ ދިރާސާވެެރިން އުފެއްދުމަށް ސަރުކާރުން ހުޅުވާލި މި ސްކޮލަޝިޕުގެ ދަށުން ކޮންމެ މަހަކު ދެ ދުވަހު، ދިވެހި ތަރިކަ ދިރާސާ ކުރާ ކޮމިޓީގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ތަރިކައިގެ ދާއިރާ އިން ކޮންމެވެސް އެއް ފަންނެއް ދަސްކުރުމާ އެކު، އެ ދާއިރާގައި އިލްމީ ދިރާސީ ފޮތްތައް ޝާއިއުކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

އެ ސްކޮލަޝިޕްތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހި ބަހާ ގުޅޭ މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ މިއީ ދިވެހި ތަރިކައިގެ ދާއިރާ އަށް އިންގިލާބީ ބަދަލެއް ގެނައުމަށް ދީފައިވާ ފުރުސަތެއް ކަމަށެވެ. އަދި އެ ބަދަލު ގުޅިފައި ވަނީ ދިވެހިންގެ އަސްލާއި ސިފަތަކާއި ދިވެހިން ދުނިޔޭގެ އެހެންތަންތަނުގައި އެބައެއްގެ ސިފަތަކާއި އަސްލުތަކަށް ބަލައި އިލްމީ ފްރޭމްވޯކްތަކުން ބެލުން ކަމަށެވެ.

"އެގޮތުން ތަރިކައާ ގުޅުން ހުރި ސްކޮލަޝިޕްތަކެއް އިއުލާން ކުރެވިފައި މިވަނީ. މި ނޫނަސް އިތުރު މަސައްކަތްތަކެއް ތަރިކައާ ގުޅިގެން ކުރެވެމުން އެބަދޭ،" އާދަމް ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ސްކޮލާޝިޕްގެ މަގްސަދަކީ އަންނަން އޮތް ޖީލުތަކަށް ދިވެހި ތަރިކަ ރައްދުކުރުން ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ވިދާޅުވީ މިއީ ތަރިކައިގެ ދާއިރާ އިން ރިސާޗު ކުރުން ވަރަށް ފުޅާކޮށް އެ ޔުނިވާސިޓީން މިދިޔަ ދެ އަހަރެއްހާ ދުވަހު ކުރަމުން އައި މަސައްކަތަށް އިތުރުވާނެ ކަމެއް ކަމަށެވެ.

އައިޔޫއެމްގެ މިސްރާބު ހިފާފައި ހުރީ ދިރާސާ ކުރުމުގެ ދާއިރާ ފުޅާކޮށް، ބޭރު ދުނިޔޭގައި މަގްބޫލު ތަނަކަށް ހެދުމަށް ކަމަށާއި އެކަމަށްޓަކައި ޔުނިވާސިޓީގެ އޮނިގަނޑަށް ގެނައި ބަދަލުގެ ނަތީޖާއަކީ އެ ޔުނިވާސިޓީއަކީ މިހާރު ބޭރުގެ ބައެއް ޕްރޮޖެކްޓްތައް ލީޑުކުރާ ތަނަކަށް ބަދަލު ކުރަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ގައުމީ ލެވެލްގައި ކުރަމުންދާ ދިރާސާތައް ވެސް ލީޑުކުރާ ތަނަކަށް އެތަން ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.