އެޗްޑީސީގެ މުވައްޒަފުންގެ ފްލެޓުތައް ހަވާލުކުރަން ފަށައިފި
އެޗްޑީސީގެ މުވައްޒަފުންގެ ފްލެޓުތައް ހަވާލުކުރަން ފަށައިފި

އެޗްޑީސީގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން ހުޅުމާލެ 1 ގައި ހަދާފައިވާ ފްލެޓުތައް ލިބުނު މީހުންނާ އެ ތަންތަން ހަވާލުކުރަން މިރޭ ފަށައިފި އެވެ.

އެޗްޑީސީގެ މުވައްޒަފުންގެ ފްލެޓުތައް ހަވާލުކުރަން ފަށައިފި
އެޗްޑީސީގެ މުވައްޒަފުންގެ ފްލެޓުތައް ހަވާލުކުރަން ފަށައިފި

"ރީތިގަސް" ފްލެޓުތައް ލިބުނު އެޗްޑީސީގެ މުވައްޒަފުންނާ ފްލެޓު ތަޅުދަނޑި ހަވާލު ކުރުމަށް މިރޭ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފަ އެވެ.

ރީތިގަސް މަގުގައި ބޭއްވި އެ ރަސްމިއްޔާތުގައި ބައެއް މުވައްޒަފުންނާ އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލު ކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ.

އެޗްޑީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހާއްސަ ކޮށްގެން 2017 ގައި ފެށި އެ މަޝްރޫއުގެ ދަށުން ހަ ޓަވަރެއްގައި 459 އެޕާޓްމަންޓް ވަނީ ހަދާފައި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެއީ "ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް" ހަދާފައިވާ ތަންތަން ކަމަށް އެޗްޑީސީން ބުނެ އެވެ.

މިރޭ ހަވާލުކުރަން ފެށީ އެޗްޑީސީން ބުނި ގޮތުގައި، ޓަވަރު A އާއި ޓަވަރު B ގައި ހަދާފައިވާ 153 އެޕާޓްމަންޓެވެ. ބާކީ ހަތަރު ޓަވަރުގެ މަސައްކަތް އަންނަ ޑިސެމްބަރު 25 ވަނަ ދުވަހަށް ނިންމަން އަމާޒު ހިފާފައިވާ ކަމަށް ވެސް ބުންޏެވެ.

ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރުކޮށްފައިވާއިރު، ޓަވަރުތަކުގައި ކޮމަން އޭރިއާ އާއި ސެކިއުރިޓީ ރޫމްގެ އިތުރުން ކޮންމެ ޓަވަރެއްގައި ކޮމާޝަލް ޔުނިޓުތައް ވެސް ހިމެނޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެ ކުންފުނިން ބުނީ، 54 ކާރު ޕާކިން އަދި 782 ސައިކަލް ޕާކިން ސްލޮޓް ވެސް އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަ ކޮށްފައިވާ ކަމަށެވެ.