15 ނޮވެމްބަރ 2025 - 23:35

ތަފާތު އެކި ދާއިރާތަކުގައި އަންހެނުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، ދޭ ރެހެންދި އެވޯޑު 15 މީހަކަށް މިރޭ ދީފި އެވެ.

ބާސެލޯ ނަސަންދުރާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތއްގައި، މިދިޔަ އަހަރު އެވޯޑު ލިބުނު ފަސް މީހަކާއި މި އަހަރުގެ ރެހެންދި އެވޯޑު ލިބުނު 10 މީހަކާ އެވޯޑު ހަވާލު ކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
ރެހެންދި އެވޯޑަށް މިދިޔަ އަހަރު 22 މީހަކު ކުރިމަތިލި އެވެ. އޭގެ ތެރެއިން އެވޯޑު ލިބުނު ފަސް މީހުންނަކީ؛
- ކ. ކާށިދޫ، މާވިނަ، މަރިޔަމް އިނާޝާ (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
- ތ. ވިލުފުށި، ތަނޑިރަތްމާގެ، މަރިޔަމް މުރުޝިދާ (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
- މ. ޕިންކުޕްލާވާ، އަސްމާ ހަސަން (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
- ހދ. ކުޅުދުއްފުށި، ޓޯޓަލްގެ، އާއިޝަތު ތާއިފާ (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
- ލ. ފޮނަދޫ، ފުރުއްމާގެ، ވިމެންސް އެންހޭންސްމަންޓް ޖަމިއްޔާ (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
މި އަހަރުގެ ރެހެންދި ކުރިމަތިލި 28 މީހުންގެ ތެރެއިން އެ އެވޯޑު ލިބޭ 10 މީހުންނަކީ؛
- ގއ. ކަނޑުހުޅުދޫ، އަތަމާގެ، އާއިޝަތު ހުސެއިން (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
- ތ. ކިނބިދޫ، މުރިނގު، ސުރައްޔާ އިބްރާހިމް (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
- ދަފްތަރު 2823، އާމިނަތު އާދަމްކޮއި (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
- ހ. ލައިޓްސްޓާ، އާމިނަތު ރީމާ ރަޝީދު (ލީޑަޝިޕް އަދި ގަވަނެންސްގެ ދާއިރާ)
- މ. ހުދުކާނޭޝަން، ޑރ. ރުހުޝާނާ އަހުމަދު (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
- ތ. ވިލުފުށި، ދޫރެސް، ސަމީނާ އިބްރާހިމް (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
- ހުޅުމާލެ ގޯތި 10228، ސަފާތު އަހުމަދު ޒާހިރު (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
- ސ. ފޭދޫ، ފަރިމާގެ، އާއިޝަތު ވަހީދާ (އިގުތިސޯދީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
- ހ. ފަހަމަ އާމިނަތު ސޫޒަން (ލީޑަޝިޕް އަދި ގަވަނެންސްގެ ދާއިރާ)
- އއ. އުކުޅަސް، މުރީދުގެ، ޒަހިއްޔާ މުހައްމަދު (އާއްމުކޮށް އަންހެން ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ)
މިރޭގެ ރަސްމިއްޔާތުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އަންހެނުންނަކީ ގޭގެ ވެރިން ކަމަށެވެ. އެއީ އިހުތިރާމް ލިބޭ ބައެއް ކަމަށާއި ގޭގެ ވެރިންގެ ގޮތުގައި ތިބެ އަންހެނުން ދިޔައީ އާއިލާތަކަށް ހިދުމަތް ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް، އެއީ ހަމައެކަނި މިހާރުގެ ހާލަތެއް ނޫން ކަމަށާއި 600 އެތައް އަހަރެއް ކުރިން ރާއްޖެއާ ގުޅޭގޮތުން އިބްނު ބަތޫތާ ލިޔުއްވާފައިވާ ފޮތުގައި އެކަން ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންހެނުން ބާރުވެރިކުރުވުމަށް ރެހެންދި އެވޯޑު ދޭން ފެށީ 2014 ވަނަ އަހަރު އެވެ. އެ އެވޯޑު ދެމުން އަންނަތާ މިދިޔަ 11 އަހަރުގެ ތެރޭގައި މިހާތަނަށް 60 އަށް ވުރެ ގިނަ މީހުން ވަނީ އެ އެވޯޑު ހާސިލްކޮށްފަ އެވެ.