ބީއެމްއެލްގެ އާ ބްރާންޗެއް ލ. ގަމުގައި ހުޅުވައިފި
ބީއެމްއެލްގެ އާ ބްރާންޗެއް ލ. ގަމުގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ބްރާންޗެއް ލ. ގަމުގައި މިއަދު ހުޅުވައިފި އެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ހުޅުވީ ބީއެމްއެލްގެ 34 ވަނަ ބްރާންޗެވެ. މި ބްރާންޗުގައި ވެސް މަސައްކަތް ކުރާނީ މުވައްޒަފުންގެ ކުޑަ ޓީމެކެވެ. މިއީ ފައިސާ އަމިއްލަ އަށް ޖަމާކޮށް، ނެގޭ ގޮތަށް 24 ގަޑިއިރުގެ ސެލްފް ސާވިސް އޭޓީއެމްއެއްގެ ޚިދުމަތާ އެކު ހުޅުވި ބްރާންޗެކެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހިލީ ވިދާޅުވީ ގަމުގެ އާ ބްރާންޗް މެދުވެރިކޮށް އާންމުންނާއި ވިޔަފާރިވެރިންނަށް އެހީތެރިކަން ދިނުމަކީ އެ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.

ބީއެމްއެލްގެ ގަން އާ ބްރާންޗަކީ އެ ކުންފުނިން ދާދި ފަހުން އިއުލާންކުރި މުޖްތަމައަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށް، ވަޒީފާގެ ފުރުސަތު އިތުރު ކުރުމުގެ ޕްރޮގްރާމްގެ ދަށުން ހުޅުވި ބްރާންޗެކެވެ.