ހެލްތު އެކްސްޕޯގައި ޓްރީ ޓޮޕުން ސިއްހީ މައުލޫމާތު ދެނީ
ހެލްތު އެކްސްޕޯގައި ޓްރީ ޓޮޕުން ސިއްހީ މައުލޫމާތު ދެނީ

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށް ގެންދާ ހެލްތު އެކްސްޕޯގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޓޯލުން ސިއްހީ އެކި މައުލޫމާތުތައް ލިބޭނެ ގޮތް އެ ހޮސްޕިޓަލުން ފަހިކޮށްދީފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި އެ އެކްސްޕޯގައި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސްޓޯލުން ފެމެލީ މެޑިސިން، ޑައިޓް އަދި ނިއުޓްރިޝަން، ޑެންޓަލް ހެލްތު، އައިވީއެފް، އިމަޖެންސީ މެޑިސިން އަދި ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް ބޭނުންވާ މުހިންމު އެކި މައުލޫމާތުތައް އަންނަނީ ހިއްސާ ކުރަމުންނެވެ.

އެ ސްޓޯލުގައި ޑައެޓް އެންޑް ނިއުޓްރިޝަން މައުލޫމާތު ދެނީ ކްލިނިކަލް ޑައެޓީޝަންސް ކަމަށްވާ ރީބާ އާއި އައިޝާ އެވެ. އަދި އައިވީއެފް އެންޑް ރީޕްރޮޑަކްޓިވް ހެލްތުގެ މައުލޫމާތުތައް ދެނީ ޑރ. ޒަކިއްޔާގެ ބައިވެރިވުމާ އެކު އެވެ.

ޑެންޓަލް ހެލްތުގެ މައުލޫމާތުތައް ދެނީ ޑރ. އިލްހާމް އާއި ޑރ. ރީޝާ އެވެ. އަދި ފެމިލީ މެޑިސިންއާ ގުޅޭ މައުލޫމާތު ޑރ. އަމިތޭޝް އެވެ.

މި އެކްސްޕޯ ކުރިއަށް ގެންދަނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ރޭގަނޑު 11 އަށެވެ. މާދަމާ ރޭގެ ނިޔަލަށް ކުރިއަށް ގެންދާ ހެލްތު އެކްސްޕޯގެ ބޭނުމަކީ އާއްމުންނަށް ސިއްހީ މައުލޫމާތުތައް ހިއްސާކޮށް، އެންމެ ފަހުގެ ހިދުމަތްތަކާއި ފަރުވާތަކުގެ މައުލޫމާތުތައް ދިނުން ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.