ސިޔާސީ މީހުންނަށް ކުރީގެ ސަރުކާރުތަކުން ޖަލުގައި ހެދި ގޮޅިތައް ހުރީ ހުސްކޮށް: ރައީސް
ސިޔާސީ މީހުންނަށް ކުރީގެ ސަރުކާރުތަކުން ޖަލުގައި ހެދި ގޮޅިތައް ހުރީ ހުސްކޮށް: ރައީސް

ސިޔާސީ މީހުންނަށްޓަކައި ކުރީގެ ސަރުކާރުތަކުން ޖަލުގައި ހަދާފައިވާ ގޮޅިތައް މިހާރު ހުރީ ހުސްކޮށް ކަމަށާއި މި ސަރުކާރުން ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު ހައްޔަރު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސިޔާސީ މީހުންނަށް ކުރީގެ ސަރުކާރުތަކުން ޖަލުގައި ހެދި ގޮޅިތައް ހުރީ ހުސްކޮށް: ރައީސް
ސިޔާސީ މީހުންނަށް ކުރީގެ ސަރުކާރުތަކުން ޖަލުގައި ހެދި ގޮޅިތައް ހުރީ ހުސްކޮށް: ރައީސް

އެ މަނިކުފާނު އެހެން ވިދާޅުވީ، މި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގަ އެވެ.

ސިޔާސީ މީހުންނަށް ކުރީގެ ސަރުކާރުތަކުން ޖަލުގައި ހެދި ގޮޅިތައް ހުރީ ހުސްކޮށް: ރައީސް
ސިޔާސީ މީހުންނަށް ކުރީގެ ސަރުކާރުތަކުން ޖަލުގައި ހެދި ގޮޅިތައް ހުރީ ހުސްކޮށް: ރައީސް

ރައީސް ވިދާޅުވީ، ސިޔާސީ މީހުންނަށްޓަކައި ކުރީގެ އެކި ސަރުކާރުތަކުން ޖަލުގައި ހެދި ގޮޅިތަކަށް ލާނެ މީހަކު މިހާރު ނެތުމުން، ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ ކަމަކީ އެ ގޮޅިތައް ފޮޅައި ސާފުކޮށް، ބެލެހެއްޓުން.

ސިޔާސީ މީހުންނަށް ކުރީގެ ސަރުކާރުތަކުން ޖަލުގައި ހެދި ގޮޅިތައް ހުރީ ހުސްކޮށް: ރައީސް
ސިޔާސީ މީހުންނަށް ކުރީގެ ސަރުކާރުތަކުން ޖަލުގައި ހެދި ގޮޅިތައް ހުރީ ހުސްކޮށް: ރައީސް

"ދެން އަޅުގަނޑަކަށް އެ ތަނަކަށް ލާނެ މީހަކު ނެތް ފޮނުވޭކަށް. އެއީ އަޅުގަނޑު ސިޔާސީ ގޮތުން ބަދަލު ނުހިފާތީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ސިޔާސަތަކީ ސިޔާސީ ވިސްނުމަކާ ހެދި އެއްވެސް މީހަކު ހައްޔަރު ނުކުރުމެވެ. އެހެންވެ، މި ސަރުކާރުގައި މިދިޔަ ދެ އަހަރު ވެސް އެ މަންޒަރު ނުފެންނާނެ ކަމަށް ވިދާޅުވި އެވެ.

"އަދި ކުރިއަށް އޮތް ތާނގައި ވެސް ނުފެންނާނެ،" ސިޔާސީ ފިކުރު ގެންގުޅޭ ގޮތަކުން މީހުން ޖަލަށްލުމުގެ އާދަ މި ސަރުކާރުން ނުގެންގުޅޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މީގެ ކުރިއަށް ބަލާ ނަމަ ސަރުކާރަށް އެއް އަހަރު ނުވަތަ ދެ އަހަރު އެންމެން ތިބެނީ ޖަލުގައި ކަމަށާއި އެކަމަކު، އެ މަނިކުފާނަށް ސިޔާސީ ގޮތުން ކޮންމެ ވާހަކައެއް ކޮންމެ ބަޔަކު ދެއްކިޔަސް އެންމެ ރަނގަޅު ކަމަށެވެ.

"އަޅުގަނޑުމެންނެއް އެހެން ނުހަދާނެ. ސިޔާސީ ގޮތުން ނޯންނާނެ ބަދަލުހިފުމެއް. އަޅުގަނޑު ދެންނެވި ބަދަލުހިފުމުގެ ރޫހު މި ސަރުކާރުން ނުގެންދާނަމޭ ކުރިއަކަށެއް. މިއަދާ ހަމައަށް އައިއިރު ނޯންނާނެ ހަމަ އެއްވެސް ވަރަކަށް ބަދަލުހިފުމުގެ ރޫހު ތަންފީޒުކޮށް. އެގޮތަށް އަމަލުކޮށްފައެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ހަގީގީ މާނައިގައި ރާއްޖޭގައި ހަމަޖެހުން އޮންނަން އެ މަނިކުފާނު ބޭނުންފުޅުވާ ކަމަށާއި އެކަން ކާމިޔާބު ވާނީ "ބަދަލުހިފުމުގެ ނުބައި އޮއިވަރު" ނައްތާލައިގެން ކަަމަށެވެ. ބަދަލުހިފުމަށް ވުރެ ބޮޑަށް ގައުމު އިސްކޮށްގެންނެވެ.

"މި ލަޝްކަރަކީ ގައުމު އިސްކުރާ ލަޝްކަރު. މި ލަޝްކަރުން މިދިޔަ އަހަރުތަކުގައި މަސައްކަތް ކޮށްފައި ވަނީ ގައުމު އިސްކޮށްގެން. އަމިއްލަ މަސްލަހަތަށް ވުރެ ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުން އިސްކުރީ ގައުމު،" ޕީއެންސީގެ ބޮޑު ޖަލްސާ އަށް އެއްވި މީހުންނަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

"އެއީ ތިޔަބޭފުޅުންގެ ފަހުރުވެރި ސިފައަކީ. މި ޕާޓީގެ ފަހުރުވެރި ސިފައަކީ."

ޖަލުގައި ސިޔާސީ މީހުންނަށް ހާއްސަ ކޮށްފައިވާ ގޮޅިތަކަށް ލާނެ މީހުން ނެތް ނަމަވެސް ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ އެވެ.

އެހެންވެ، ގާނޫނުގެ ވެރިކަން ހިންގުމުގައި ތަފާތު ކުރުމަކީ އެ މަނިކުފާނަށް އޮތް "ޗޮއިސް" އެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަދުލުވެރި ވެރިކަމެއްގައި އޮތް ޗޮއިސްއެއް ނޫން އޭނަ އާއި މީނަ އާއި އަނެކަކާ ތަފާތު ކުރުމަކީ. އެކަން ތަންފީޒު ވާނެ ކޮންމެ މީހަކަށް ވެސް. ސިސްޓަމް އެޕްލައި ވާނެ ކޮންމެ މީހަކަށް ވެސް. އެކަމުގައި ދޫދިނުމެއް އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އެއީ އަދުލުވެރިކަން ދޫކޮށްލުން އަޅުގަނޑު އެކަން ކޮށްފިއްޔާމު،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެކަމަކު، ރައީސް ވިދާޅުވީ، ސިޔާސީ ގޮތުން އެއްވެސް މީހަކަށް "ކުރާނެ އުނދަގުލެއް" ނޯންނާނެ ކަމަށެވެ.