ޓޭލާ ސްވިފްޓްގެ ޑޮކިއު ސީރީޒްގެ ޓްރެއިލާ އާންމުކޮށްފި
ޓޭލާ ސްވިފްޓްގެ ޑޮކިއު ސީރީޒްގެ ޓްރެއިލާ އާންމުކޮށްފި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓުގެ ޑޮކިއު ސީރީޒް "އެންޑް އޮފް އޭން އީރާ"ގެ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.

ޑިޒްނީ ޕްލަސް އިން ގެނެސްދޭ އެ ޑޮކިއު ސީރީޒަކީ ޓޭލާގެ އެންމެފަހުގެ ވޯލްޑް ޓުއާ "އެރާސް ޓުއާ"ގެ ވާހަކަތައް ކިޔައިދޭ ޑޮކިއުމެންޓްރީއެކެވެ. އެއީ ޓޭލާގެ ހަވަނަ ވޯލްޑް ޓުއާ އެވެ. އެ ޓުއާގެ ޓިކެޓް ސޭލްސްގެ ގޮތުގައި އޭނާއަށް ދެ ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

އެ ދަތުރުގެ ވާހަކަތަކާއި ކުރެވުނު ތަޖުރިބާތަކާއި ފޭނުންނަށް ފެނިފައި ނުވާ އަދި ނޭނގޭ އެތައް ކަމެއް މި ޑޮކިއުމެންޓްރީގައި ޓޭލާ ހިއްސާކުރާނެ އެވެ.

ޓޭލާ ޑޮކިއު ސީރީޒެއް ގެނެސްދޭއިރު، އޭނާގެ އެންމެފަހުގެ އަލްބަމް "ދަ ލައިފް އޮފް އަ ޝޯގާލް" ރިލީޒްކުރީ މިދިޔަ މަހު އެވެ.

ޓޭލާ އާއި އެމެރިކާގެ ފުޓުބޯޅަ ކުޅުންތެރިޔާ ޓްރޭވިސް ކެލްސީ އެންގޭޖުވެ، ކައިވެނިކުރަން އުޅޭކަން ވެސް މިދިޔަ އޮގަސްޓް މަހު ވަނީ އިއުލާންކޮށްފަ އެވެ. އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ އެމީހުންގެ އެންގޭޖުމަންޓް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ.