މަހްލޫފް ޕީއެންސީއާ ގުޅިވަޑައިގެންފި
މަހްލޫފް ޕީއެންސީއާ ގުޅިވަޑައިގެންފި

އެމްޑީޕީގެ ވެރިކަމުގައި ޔޫތު މިނިސްޓަރުގެ މަގާމު ފުރުއްވި އަހުމަދު މަހްލޫފް މިރޭ، ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ.

މަހްލޫފް ޕީއެންސީއާ ގުޅިވަޑައިގެންފި
މަހްލޫފް ޕީއެންސީއާ ގުޅިވަޑައިގެންފި

ސަރުކާރު ހިންގާ ޕީއެންސީން އާޓިފިޝަލް ބީޗް ސަރަހައްދުގައި ބާއްވަމުން އަންނަ ބޮޑު ޖަލްސާގައި މަހްލޫފް ވަނީ އެ ޕާޓީއާ ގުޅިވަޑައިގެން، އެކަމުގެ އިގްރާރު ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލު ކޮށްދެއްވައިފަ އެވެ.

މަހްލޫފްގެ އިތުރުން ކުރީގެ ތަޖުރިބާކާރު ނޫސްވެރިޔާ އިމާދު ލަތީފާއި އިތުރު ބަޔަކު ވެސް ވަނީ އެ ޕާޓީއާ ގުޅިފަ އެވެ.

މަހްލޫފް އެމްޑީޕީން ވަކިވީ މި އަހަރުގެ ސެޕްޓެމްބަރު 8 ވަނަ ދުވަހު އެވެ. އެމްޑީޕީ ސަރުކާރުގައި މިނިސްޓަރު ކަން ކުރެއްވުމަށް ފަހު، އެ ޕާޓީން ވަކިވާން ނިންމި ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ. އެކަމަކު ވަކިވުމާ ހަމައަށް ވެސް ފަހުން ބޭއްވި ޕާޓީގެ އެއްވެސް ހަރަކާތެއްގައި ނޫޅުއްވަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ޑީއާރުޕީން ސިޔާސީ މަސައްކަތް ފެއްޓެވި މަހުލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްއާ ހިޔާލު ތަފާތުވެ، އެ ޕާޓީއާ ފެޔަށް ޖެހުމަށް ފަހު އެވެ. އޭރު އޭނާ ހުންނެވީ ޕީޕީއެމްގެ ޓިކެޓްގައި މަޖިލިސް މެންބަރެއްގެ ގޮތުގަ އެވެ.