14 ނޮވެމްބަރ 2025 - 14:24

ގައުމީ ޓީމުން ބޭރުކުރި މައްސަލައިގައި އޭނާ އަށް ކަންކަން ކުރެވުނީ ރަނގަޅަކަށް ނޫންކަމަށް ގައުމީ ޓީމުގެ މިޑްފީލްޑަރު އަހްމަދު އައިހަމް (ފަތޯ) ބުނެފި އެވެ.
ގައުމީ ޓީމަށް ނަގާފައިވަނިކޮށް ފުޓްސަލް މުބާރާތެއްގައި ކުޅެން ދިޔަ މައްސަލައިގައި، މިދިޔަ ހޯމަ ދުވަހު ގައުމީ ޓީމުން ބޭރުކޮށްފަ އެވެ.
އެފްއޭއެމުން ބުނީ ގައުމީ ޓީމަށް ނަގާފައިވަނިކޮށް ފުޓްސަލް މުބާރާތެއްގައި ކުޅެން ދިޔައީ ކުރިން އެންގުމަކާވެ ސް ނުލައި އަދި ހުއްދަވެސް ނެތި ކަމަށެވެ.
އައިހަމްގެ ފަރާތުން މިއަދު ނެދުނު ބަޔާނުގައި އޭނާ ވަނީ އެފްއޭއެމް އާއި ގައުމީ ޓީމުގެ ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުން އަދި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފަ އެވެ.
އައިހަމް، ކުޅުނީ ހއ. އެތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކުގެ މެދުގައި ބޭއްވި ފުޓްސަލް މުބާރާތުގައި އުފަން ރަށް އުތީމު ޓީމަށެވެ.
އައިހަމްގެ ބުނީ އޭނާ އަށް ހެދުނު "ގޯހުގެ" ފުރިހަމަ ޒިންމާ އޭނާ އަމިއްލަ އަށް ނަގާ ކަމަށެވެ.
"އަހަންނަށް އަމަލުކުރެވުނީ ޕްރޮފެޝަނަލްކޮށެއް ނޫން. އަދި އަމަލުތައް ބެހެއްޓުނީ ގައުމީ ޓީމުގެ ކުޅުންތެރިޔެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކާ އެއްގޮތަކަށް ނޫން." އައިހަމްގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އައިހަމް ބުނީ ބުނީ އޭނާ އަށް ހެދުނު ގޯހާ އެކު "އަގުހުރި ފިލާވަޅެއް ދަސްވެއްޖެ" ކަމަށެވެ. އަދި އެފްއޭއެމާއި ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކޯޗުންގެ އިތުބާރު ހޯދުމަށް އޭނާ އަލުން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް މާޒިޔާގެ މިޑްފީލްޑަރު ބުންޏެވެ.