14 ނޮވެމްބަރ 2025 - 13:44

ހުޅުމާލެ 2 އާ ގުޅިފައި އޮންނަ، މީގެ ކުރިން "ކްލަބް މެޑް" ރިސޯޓު ހިންގި ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ އެވެ.

ކައިވެނި ހަފްލާތަކާއި އެކި އިވެންޓްތައް މިހާރު ވެސް ބާއްވާ ފަރުކޮޅުފުށީގައި ރޯވީ ކޮން ކަމަކަށް ބޭނުންކުރާ އިމާރާތެއްގައި ކަމެއް އަދި ނޭނގެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވާކަން ކަމުގެ ރިޕޯޓް ލިބުނީ 1:00 ގައި ކަމަށެވެ. އެ ވަގުތުން ފެށިގެން ކުރި މަސައްކަތުން 1:40 ހާއިރު ވަނީ އަލިފާން ނިއްވާލެވިފައި ކަމަށް އެންއެންޑީއެފުން ބުންޏެވެ.ޓ
އެންއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވީ ކަމުގެ ރިޕޯޓެއް ނެތް ކަމަށެވެ.
ރޯވި ތަނުގައި ވަރަށް ބޮޑަށް އަލިފާން ފެތުރިފައި އޮތެވެ. ނަމަވެސް ނިއްވުމުގެ މަސައްކަތް ފެށުމާ އެކު ވަރަށް އަވަހަށް އަލިފާންގަނޑު ކޮންޓްރޯލްވި އެވެ.
މިއީ ކިިހިނެއް ހިނގި ހާދިސާއެއް ކަމެއް އަދި އެކަމާ ބެހޭ އެއްވެސް ތަފްސީލެއް އަދި ނޭނގެ އެވެ.
ފަރުކޮޅުފުށި ވަނީ ކޮވިޑް-19 ގެ ދުވަސްވަރު އެ ބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދޭނެ ފެސިލިޓީއެއްގެ ގޮތުގައި ވެސް ބޭނުންކޮށްފަ އެވެ. އަދި އޭގެ ފަހުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ޑިޓޮކްސް ފަރުވާ ދޭން ވެސް އެތަން ބޭނުންކުރި އެވެ.
ފަރުކޮޅުފުއްޓަކީ މީގެ ކުރިން "ކްލަބް މެޑް" ރިސޯޓު ހިންގި ތަނެވެ. އެ ތަން ހުސްކުރީ ވެސް، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހިއްކުމަށެވެ. އެޗްޑީސީން ޕްލޭންކޮށްފައި ވަނީ ހެރިޓޭޖް އައިލެންޑެއްގެ ގޮތުގައި ފަރުކޮޅުފުށި ތަރައްގީކުރުމެވެ.