ރަޝްމިކާއާ މެދުގައި ފަހުރުވެރިވޭ: ވިޖޭ
ރަޝްމިކާއާ މެދުގައި ފަހުރުވެރިވޭ: ވިޖޭ

ރަޝްމިކާ މަންދަންނާގެ މަސައްކަތްތަކާ މެދުގައި ވަރަށް ފަހުރުވެރިވާ ކަމަށް އޭނާގެ ލޯބިވެރިޔާ ވިޖޭ ދޭވަރަކޮންޑާ ބުނެފި އެވެ.

ވިޖޭ އެގޮތަށް ބުނީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ރަޝްމިކާގެ ތެލުގޫ ފިލްމު "ދަ ގާލްފްރެންޑް"ގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުންނެވެ. އޭނާ މި ވާހަކަތައް ދެއްކި އިރު، ކައިރީގައި ރަޝްމިކާ ވެސް އިނެވެ.

ވިޖޭ ބުނީ އޭނާއާ އެކު ރަޝްމިކާ މަސައްކަތްކުރި ފުރަތަމަ ފިލްމު "ގީތާ ގޯވިންދަމް" އިން ފެށިގެން "ދަ ގާލްފްރެންޑް"އާ ހަމައަށް އައިރު، މި ކެރިއަރުގައި އޭނާ ހޯދާފައިވާ ކުރިއެރުން ވަރަށް ސާފު ކަމަށެވެ.

އެ ދެ ތަރިން ލޯބީގެ ގޮތުން ގުޅުނީ ވެސް، 2018 ވަނަ އަހަރު ގެނެސްދިން "ގީތާ ގޯވިންދަމް"ގައި މަސައްކަތް ކުރި ދުވަސްވަރެވެ.

"އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު މި ދުވަސްވަރު މި ކަހަލަ ފިލްމެއްގައި މަސައްކަތްކުރީތީ ވަރަށް ފަހުރުވެރިވޭ،" ރަޝްމިކާ ބުންޏެވެ.

ވިޖޭ ބުނީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުމާއި ހަނގާކުރުމާ ވެސް ރަޝްމިކާއަށް ކުރިމަތިލާން ޖެހުނު ކަމަށެވެ. އެއީ އޭނާއަށް ކުރިމަތިވި ކަމެއް ނަމަ ވަގުތުން ރައްދު ވެސް ދިނީސް ކަމަށާއި އެކަމަކު ރަޝްމިކާ ހިޔާރުކުރީ ކެތްތެރިކަން ކަމަށް ވިޖޭ ބުންޏެވެ.

"ވަރަށް އޯގާތެރިކޮށް ހިތީ، މީހަކު ކޮންމެ އެއްޗެއް ކިޔަސް، މުޅި ދުނިޔެ ދެކޭނެ، އެއީ ވަރަށް ހިތްވަރުގަދަ އަންހެނެއް،" ވިޖޭ ބުންޏެވެ.

އިންޑިއާގެ ނޫސްތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވިޖޭ އާއި ރަޝްމިކާ ކައިވެނިކުރަނީ އަންނަ އަހަރު ފެބްރުއަރީ މަހު ކައިވެނިކުރާނެ އެވެ. އަދި އެ ދެމީހުން މިހާރު ވަނީ އެންގޭޖުވެފަ އެވެ.

ދެ ތަރިން އެކުގައި ގިނަ ވަގުތުތަކެއް ހޭދަކުރާއިރު، ޗުއްޓީ ހޭދަކުރަން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އައިސްފައި ވެސް ވެ އެވެ.

ވިޖޭ އާއި ރަޝްމިކާ ވަނީ އެކުގައި ތިން ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އަދި އެ ދެ ތަރިން ވަނީ ބޮލީވުޑް ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ ވިޖޭ އުޅުނު "ލައިގާ" އާއި ރަޝްމިކާ އުޅުނު "އެނިމަލް" އެވެ. މި އަހަރު ނުކުތް ބޮލީވުޑްގެ ފިލްމު "ޗާވާ"ގައި ވެސް ރަޝްމިކާ ރޯލެއް ކުޅުނެވެ.