12 ނޮވެމްބަރ 2025 - 22:25

ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ޓޫރިސްޓު ރިސޯޓު ބްރޭންޑް، އެޓްލާންޓިސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވުމަށް ތައްޔާރުވާން ފަށައިފި އެވެ.

ދެކުނު މާލެ އަތޮޅުގައި އޮންނަ ވާރެއްދޫގައި އެ ރިސޯޓު ހަދަނީ ކުރަނީ ވަކި ދެ ރަށެއްގެ ގޮތަށެވެ އޭގެ ތެރެއިން އެއް ރަށް ހަދަނީ ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ އާއިލާތަކަށް ހާއްސަކޮށް "ފެމިލީ ރިސޯޓެއް" ގެ ގޮތުގަ އެވެ. އަނެއް ރަށް ހަދަނީ ލަގްޒަރީ ކޮންސެޕްޓަށެވެ.
އެ ދެ ރަށުގައި 270 ކޮޓަރި އާއި 223 ވިލާ ހަދާއިރު، ތަފާތު 20 ރެސްޓޯރަންޓަކާއި ސްޕާ، އިންޑޯ އަދި އައުޓްޑޯ ފިޓްނެސް ސެންޓަރުގެ ހިދުމަތް ގެސްޓުންނަށް ލިބެން ހުންނާނެ އެވެ.
ދެ ބީޗް ކްލަބް ހިމެނޭ މި ރިސޯޓުގެ އެންމެ ހާއްސަ ސިފައަކީ ތަފާތު 15 ރައިޑާ އެކު ތަރައްގީކުރާ 70،000 އަކަ މީޓަރުގެ ބޮޑު ވޯޓާ ތީމްޕާކެވެ.
އެ ރިސޯޓު ތަރައްގީ ކުރަނީ، އެ ރަށުގެ ގުދުރަތީ ރީތި ކަމާއި ތިމާވެށި ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް ދީގެންނެވެ.
މިގޮތުން، އެ ރިސޯޓުގައި މުރަކަ އިންދުމާއި ފެނާއި އިއާދަކުރަނި ހަކަތަ އުފެއްދުމުގެ ނިޒާމުތައް ވަނީ ގާއިމުކޮށްފަ އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ލަގްޒަރީ ރިސޯޓާއި ހޮޓާ ހިންގާ ކާޒްނާ އިންޓަނޭޝަނަލް އާއި އެސެޓް ގްރޫޕު ގުޅިގެން "އެޓްލާންޓިސް ދަ ރޯޔަލް"ގެ ނަމުގައި ތަރައްގީކުރާ މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ 2029 ވަނަ އަހަރު އެވެ.