11 ނޮވެމްބަރ 2025 - 17:02

މާލޭގެ މިސްކިތަކަށް ގެއްލުން ދިން މައްސަލާގައި ހައްޔަރުކުރި މީހާ އޭނާގެ އާއިލާއާ ހަވާލުކޮށްފި އެވެ.
ސުލްތާން ހަސަން އިއްޒުއްދީން މިސްކިތް (ތައިބާ މިސްކިތް) ގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑެއް މިއަދުގެ ހެނދުނު ތަޅާލައި، ގެއްލުން ދިން މައްސަލާގައި ކުށުގެ ވެށިން ހައްޔަރުކުރީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އެ މީހާ މިހާރު އޭނާގެ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގެ މިސްކިތަކަށް ގެއްލުން މައްސަލައެއް ފެންމަތިވިއިރު، ރޭ އައްޑޫ ހިތަދޫގެ މިސްކިތަކަށް ވެސް ބަޔަކު ވަނީ ރޭ ގެއްލުން ދީފަ އެވެ. ނަމަވެސް އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.