ކަންކަން މިނަން އަޅުގަނޑު ގެންގުޅޭ މިންގަނޑަކީ ނަތީޖާ: ރައީސް
ކަންކަން މިނަން އަޅުގަނޑު ގެންގުޅޭ މިންގަނޑަކީ ނަތީޖާ: ރައީސް

އެ މަނިކުފާނު ކަންކަން މިނަން ގެންގުޅުއްވާ މިންގަނޑަކީ ނަތީޖާ ކަމަށާއި ހާއްސަކޮށް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކުގެ ނަތީޖާ އެއީ މިންގަނޑު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކަންކަން މިނަން އަޅުގަނޑު ގެންގުޅޭ މިންގަނޑަކީ ނަތީޖާ: ރައީސް
ކަންކަން މިނަން އަޅުގަނޑު ގެންގުޅޭ މިންގަނޑަކީ ނަތީޖާ: ރައީސް

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ކިބައިން އުފެދިގެން އަންނަ ވެރިކަން ކަމަށާއި ރައްޔިތުންނަށް އެންމެ މުހިންމު ވާނީ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ހައްގުތައް އަދާކުރުން ކަމަށެވެ.

ކަންކަން މިނަން އަޅުގަނޑު ގެންގުޅޭ މިންގަނޑަކީ ނަތީޖާ: ރައީސް
ކަންކަން މިނަން އަޅުގަނޑު ގެންގުޅޭ މިންގަނޑަކީ ނަތީޖާ: ރައީސް

އެހެންވެ، އެ މަނިކުފާނުގެ ޒިންމާއަކީ އެ ކަން އެ ގޮތަށް ކުރެވޭތޯ ކަށަވަރު ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި ވޭތުވެގެން މިދާ ދެ އަހަރު ދުވަހުގެ ތެރޭގައި، ރައްޔިތުން އަޅުގަނޑާ ހަވާލުކުރި މި ޒިންމާ މާތް ﷲ ގަންދީ އަޅުގަނޑު އެ ދުވަހު ކުރި ހުވާގެ މަތީގައި ހުރެ، ހަމަ ކޮންމެ ދުވަހަކު ވެސް އެ ހުވާ ހަނދާން ކުރަން، އެ ޒިންމާ އަދާކުރެވޭތޯ މަސައްކަތް ކުރަމުން މި އަންނަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުގެ މުއައްސަސާތަކުން ހާއްސަކޮށް ދިވެހި ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންނެވި އިތުބާރާއި އެހީތެރިކަން ފާހަގަކުރައްވާ ކަމަށެވެ. އަދި ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރެއްވުމުގައި އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާއި ތެދުވެރިކަން އިސް ކުރައްވާނެ ކަމަަށް ރައީސް ވިދާޅުވި އެވެ.

"މިއަދާ ހަމައަށް އައުމުގައި މި ދެންނެވި ގޮތަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާ އެކީގައި ކުރެވުނު މަސައްކަތްތަކުގެ ނަތީޖާތައް ﷲ ގެ އިރާދަފުޅާ އެކީގައި ވަރަށް ކާމިޔާބުކަމާ އެކީގައި ރައްޔިތުންނަށް ފޯރުކޮށްދެމުން، ފެންނަމުން މިދަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދަމުން ދާނެ ކަމަށާއި މިއަދާ ހަމައަށް ވެސް މަސައްކަތްޕުޅު ކުރެއްވީ އެ ގޮތަށް ކަމަށެވެ. އަދި އެ ވައުދުތައް ފުއްދައި ދެއްވުމަކީ އެ މަނިކުފާނުގެ ޒިންމާއެއް ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. މުޅި ދައުލަތާއި ސިވިލް ސާވިސްގެ އެންމެން ކުރަނީ އެ މަސައްކަތް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އޭގެ ތަފުސީލުތައް މި މަހުގެ 17 ނުވަތަ އަންނަ ހަފުތާގެ ހޯމަ ދުވަހު ސޯޝަލް ސެންޓަރުގައި ބާއްވާ ހާއްސަ ޖަލްސާއެއްގައި ހާމަކުރައްވާނެ އެވެ.

"ކޮންމެ ދާއިރާއަކުން ކުރެވިފައިވާ ކަންކަމުގެ މައުލޫމާތާއި ނަތީޖާ އޭގެ ފެކްޓްސްތަކާ އެއްކޮށް އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފޯރުކޮށްދިނުން، ދަންނަވައިދިނުން އަޅުގަނޑު ހިތުން ވަގުތުގެ ގޮތުން ވެސް އެންމެ ރަނގަޅު ވާނީ ވަކި ހަފުލާއެއްގައި އެކަން ކުރުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހަށް މި އަހަރު އެ މަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި ބަޔާންކުރި ވައުދުތައް ވެސް ފުއްދޭ މިންވަރު ވަރަށް ތަފުސީލްކޮށް އަންނަނީ ބަލަމުންނެވެ. އަދި އެ ކަންކަން ހާސިލް ކުރަން ހުރި ދަތިތައް ވެސް ބަލައި ހައްލު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.