މަސްތުވެގެން ހުރެ ދަރިފުޅަށް ޖިންސީ ގޯނާގެ ކުރުމުގެ ތުހުމަތުގައި މަންމައަކު ހައްޔަރުކޮށްފި
މަސްތުވެގެން ހުރެ ދަރިފުޅަށް ޖިންސީ ގޯނާގެ ކުރުމުގެ ތުހުމަތުގައި މަންމައަކު ހައްޔަރުކޮށްފި

މަސްތުވެގެން ހުރެ ދަރިފުޅަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތު ކުރެވޭ މަންމައަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މާލެ ސަރަހައްދުގައި އަންހެނަކު އޭނާގެ ދަރިފުޅަށް ޖިސްމާނީ އަނިޔާ ކުރުމުގެ އިތުރުން ބަނގުރާ ބޭނުންކޮށްގެން ހުރެ އެ ކުއްޖާ އަށް ޖިންސީ އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހުގެ ފަހުކޮޅު ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ފުލުހުންނަށް ހުށަހެޅި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން، އުމުރުން 50 އަހަރުގެ އެ އަންހެން މީހާ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރުމުން، އޭނާ 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެ ބާވަތުގެ މައްސަލަތަކުގައި އަނިޔާލިބޭ ކުދިންގެ މައުލޫމާތު ހާމަވެދާނެ ފަދަ އެއްވެސް މައުލޫމާތެއް އާންމު ކުރުމަކީ ވެސް ގާނޫނީ ގޮތުން މަނާ ކަމެކެވެ.