ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެއްޖެ
ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެއްޖެ

ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި މިއަދު އަލިފާން ރޯވެއްޖެ އެވެ.

ފުުލުހުން ބުނީ، މިއަދުގެ މެންދުރު އެކެއް ޖަހަން އުޅެނިކޮށް، ހިނގި އެ ހާދިސާގައި ބަންގްލަދޭޝްގެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ދޯނީގައި ރޯވި އަލިފާން ނިއްވާލަން ހުޅުމާލެ ފަޔަ ސްޓޭޝަންގެ ފަޔަ ފައިޓަރުން ހަރަކާތްތެރިވި ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި، ފުރަތަމަ އަލިފާން ރޯވީ އެ ދޯނީގެ ގެގަނޑުގަ އެވެ.

ނަމަވެސް، އަލިފާންގަނޑު ފެތުރި، މުޅި ދޯންޏަށް އަލިފާންގަނޑު ފެތުރެނެވެ.

އެ މައްސަލައިގައި އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. އެހެންވެ، އަލިފާން ރޯވި ދޯނީގައި އެކަން ހިނގި ގޮތެއް އަދި ނޭނގެ އެވެ.