އަނުޝްކާ އާއި ކެޓުރީނާއާ އެކު އާމިރު ޚާން ދެން ފިލްމެއް ނުކުޅޭނެ
އަނުޝްކާ އާއި ކެޓުރީނާއާ އެކު އާމިރު ޚާން ދެން ފިލްމެއް ނުކުޅޭނެ

ބޮލީވުޑްގެ ބައެއް ތަރިން ބޭނުންވަނީ ކާމިޔާބު ތަރިންނާ އެކު މަސައްކަތް ކުރާށެވެ. ގިނަ ފިލްމުތަކެއް އެކުގައި ކުޅެ ކާމިޔާބު ޖޯޑެއްގެ ގޮތުގައި ބައެއް ތަރިން ވަނީ މަޝްހޫރު ވެފަ އެވެ. ނަމަވެސް އާމިރު ޚާން ގެންގުޅެނީ ތަފާތު ފޯމިއުލާ އެކެވެ. އެއްވެސް ބަތަލާއެއް ރިޕީޓްކުރުމަކީ ނުވަތަ ދެ ވަނަ ފަހަރަށް އެ މީހަކާ އެކު ފިލްމު ކުޅުމަކީ އާމިރު ބޭނުންވާ ގޮތެއް ނޫނެވެ.

އަނުޝްކާ އާއި ކެޓުރީނާއާ އެކު އާމިރު ޚާން ދެން ފިލްމެއް ނުކުޅޭނެ
އަނުޝްކާ އާއި ކެޓުރީނާއާ އެކު އާމިރު ޚާން ދެން ފިލްމެއް ނުކުޅޭނެ

މި ފަހަކަށް އައިސް އާމިރު ކުޅެފައިވާ ފިލްމުތަކަށް ބަލާލައިފި ނަމަ މިކަން ސާފު ވާނެވެ. "ދޫމް 3"ގެ ބަތަލާ އަކީ ކެޓުރީނާ ކައިފް އެވެ. "ޕީކޭ"ގައި އަނުޝްކާ ޝަރުމާ އަދި އެންމެ ފަހުން ރިލީޒްކުރި "ދަންގަލް"ގައި ސާކްޝީ ތާންވަރް އެވެ.

އާމިރު މިކަހަލަ ފޯމިއުލާއެއް ގެންގުޅޭކަން ޔަގީންކުރެވުނީ އޭނާ މިހާޜރު ފަށަން ތައްޔާރުވަމުންދާ "ތަގްސް އޮފް ހިންދުސްތާން"ގެ ބަތަލާ އަކު ހޮވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މި ރޯލަށް ޝައުގުވެރިވާކަމަށް އަނުޝްކާ ވަނީ ބުނެފަ އެވެ. ނަމަވެސް އަނުޝްކާ ފިލްމުގައި ބައިވެރިކުރަން އާމިރު ބޭނުމެއް ނުވި އެވެ. އެއީ އޭނާ އާއި އާމިރާ މެދު އެއްވެސް މައްސަލައެއް އޮވެގެން ނޫނެވެ. މިހާތަނަށް އާމިރާ އެކު ފިލްމު ކުޅުނު އެއްވެސް ބަތަލާއަކު އޭނާއާ ބެހޭ ގޮތުން ޝަކުވާ ކޮށްފައެއް ނެތެވެ. އަނުޝްކާ މި ފިލްމުގައި ބައިވެރިކުރަން އާމިރު ބޭނުން ނުވި ސަބަބަކީ "ޕީކޭ"ގައި އޭނާއާ އެކު އަނުޝްކާ މަސައްކަތް ކޮށްފައި ވުމެވެ.

މި ފިލްމުގެ ބަތަލާއަކަށް ވުން އެންމެ ކައިރީ އާލިއާ ބަޓް ނުވަތަ ވާނީ ކަޕޫރު ކަމަށްވެ އެވެ. އަދި ޝްރައްދާ ކަޕޫރު ވެސް އޮޑިޝަން ދީފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ޖޫން މަހު ފަށަން ހަމަޖެހިފައިވާ "ތަގްސް އޮފް ހިންދުސްތާން"ގެ ބަތަލާއަކު ހަމަނުޖެހުނަސް ފިލްމު ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިޔަށް އެބަދެ އެވެ.

"ދަންގަލް"ގެ ޕްރޮމޯޝަން މަސައްކަތް ކުރި ދުވަސްވަރު އާމިރު ޚާން ދީފައިވާ އިންޓަވިއުއެއްގައި ބުނީ "ތަގްސް އޮފް ހިންދުސްތާން" ކުޅެން ވަރަށް ބޮޑަށް ބަރުދަން ލުއިކުރަން ޖެހިފައިވާ ކަމަށެވެ.